Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ޗެމްޕިއަންސް ލީގު

އަލް ހިލާލް ބަލިކޮށް އޭޝިއަން ޗެމްޕިއަންސް ލީގު އުރާވާ އިން ކާމިޔާބުކޮށްފި

މެޗުގެ ހަމައެކަނި ލަނޑަކީ އަލް ހިލާލްގެ އަންދްރޭ ކެރިލޯ އަތުން 48 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2023 | އާދީއްތަ 02:14
އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އުރާވާ

އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އުރާވާ

ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު ޖަޕާނުގެ އުރާވާ ރެޑްސް އިން ކާމިޔާބުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ހޮނިހިރު ދުވަހު ކުޅުނު ދެ ވަނަ ލެގުގައި އުރާވާ އިން އަލް ހިލާލްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑަކީ އަލް ހިލާލްގެ އަންދްރޭ ކެރިލޯ އަތުން 48 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑެވެ. އެހެންކަމުން ދެ ލެގުގެ އެގްރިގޭޓު 2-1 އިން ކުރި ހޯދައިގެން އުރާވާ އިން ވަނީ ތިން ވަނަ ފަހަރަށް އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން އުރާވާ އިން ވަނީ 2007 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މެޗަސް އަލް ހިލާލް އިން ކުރިމަތިލީ ސަލީމް އަލް ދައުސާރީ އާއި އަނިޔާގައި ހުރި ސަލްމާން އަލް ފަރަޖް ނުލަ އެވެ. ދައުސަރީ އަށް މެޗުގައި ނުކުޅެވުނީ ސަސްޕެންޑުކޮށްފައި ހުރުމުންނެވެ. ސަލްމާން އަލް ފަރަޖަށް ނުކުޅެވުނީ އޭނާ އަށް ލިބިފައިވާ އަނިޔާ އިން މުޅިން ރަނގަޅު ނުވާތީ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ޑޮމިނޭޓުކޮށްގެން ކުޅުނީ އަލް ހިލާލް އިންނެވެ. އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އަލް ހިލާލްގެ އޮޑިއަން އިގަލޯ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ސަލާމަތް ކުރީ އުރާވާގެ ޑިފެންޑަރު އެލެގްޒެންޑާ ޝޮލްޒް އެވެ. މީގެ އިތުރުން އަލް ހިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ މައިކަލް އާއި ކެރިލޯ ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ މަތަކުރީ އުރާވާގެ ގޯލް ކީޕަރު ޝުސާކު ނިޝިކާވާ އެވެ.

އަލް ހިލާލް އާއި އުރާވާ ބައްދަލު ކުރި މެޗު ބަލަން 53،574 މީހުން ވަނީ ދަނޑަށް ވަދެފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު