Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ ހަދިޔާ ފޮށި

އުރީދޫ ހަދިޔާ ފޮށީގެ އެންމެ ބޮޑު ހަދިޔާ ލިބުނީ އަހުމަދު ޝާމިލްއަށް

2 މެއި 2023 | އަންގާރަ 18:07

"ހަދިޔާ ފޮށި" ޕްރޮމޯޝަނުގައި އަގުބޮޑު ގިނަ ހަދިޔާތަކެއް ވަނީ ދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މެއި 2023 | އަންގާރަ 18:07
ހަދިޔާ ފޮށީގެ އެންމެ އަގުބޮޑު ހަދިޔާ ލިބުނު ނަސީބުވެރިޔާ (ވ)

ހަދިޔާ ފޮށީގެ އެންމެ އަގުބޮޑު ހަދިޔާ ލިބުނު ނަސީބުވެރިޔާ (ވ)

މިއަހަރުގެ ރޯދަ މަހު އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ހަދިޔާ ފޮށި" ޕްރޮމޯޝަނުގެ ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްފިއެވެ.

ހަދިޔާ ފޮށި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ޕްރޮމޯޝަނުގައި، ރޯދަ މަހުގެ ތެރޭގައިވެސް ހަދިޔާ ލިބުނު ބައެއްފަރާތްތަކަށް ވަނީ ހަދިޔާ ހަވާލުކޮށްފައެވެ.

ހަދިޔާ ފޮށީގެ އިނާމުތައް ލިބުނު ފަރާތްތަކަށް އިނާމުތައް ހަވާލުކުރީ އަންގާރަ ދުވަހު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދް އަލްހަމާދީއާއި ކުންފުނީގެ އިސް ބައެއް މުވައްޒަފުން ބައިވެވަޑައިގަތެވެ. މީގެއިތުރުން، ހަދިޔާ ފޮށީގެ އިނާމުތައް ލިބުނު ކަސްޓަމަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އުރީދޫ ހަދިޔާ ފޮށިން ލިބޭ އެންމެ ބޮޑު އިނާމެއްގެގޮތުގައި އެ ކުންފުނިން ހުށަހެޅީ ސްކޫޕީ ސައިކަލެކެވެ. މި ހަދިޔާ ލިބިފައިވަނީ އަހުމަދު ޝާމިލްއަށެވެ.

ސްކޫޕީގެ އިތުރުން ޓީސީއެލް ސްމާޓް ޓީވީ، އެޕަލް ޓީވީ، ކުކިންގވެއަރ ސެޓް އަދި އެއަރ ޓެގާއި ރިސޯޓު ދަތުރު ލިބުނު ކަސްޓަމަރުންނަށް ވެސް އިނާމުތައް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުންވެސް އައިފޯނާއި އެޕަލް ވޮޗްފަދަ އަގުހުރި އިނާމުތައްވެސް ހަދިޔާ ފޮށީގެ ޒަރީއާއިން ވަނީ ދީފައެވެ.

އަންގާރަ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދް އަލްހަމާދީ ވިދާޅުވީ، ހަދިޔާ ފޮށި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެ ފަދަ ޕްރޮމޯޝަނެއް އެ ކުންފުނިން ކަސްޓަމަރުންނަށް ގެނެސްދިނީ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ،

"ހަދިޔާ ފޮށި" މި ނަމުގައި އުރީދޫން މިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ އުރީދޫ މޮބައިލް އަދި ސުޕަރނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި "މައި އުރީދޫ އެޕް"ގައި ވާ ހަދިޔާ ފޮށިތަކުގެ ތެރެއިން ފޮއްޓެއް ޚިޔާރުކުރުމުން ކޮންމެވެސް އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ.

ދުވާލަކު އެއްފަހަރު ކަސްޓަމަރުންނަށް މި ހަދިޔާ ފޮށިތަކުގެ ތެރެއިން ފޮއްޓެއް ޚިޔާރުކުުމުގެ ފުރުސަތު ދިންއިރު، އެއް ޖީބީ ޑޭޓާއިން ފެށިގެން އަގުހުރި އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮތީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް