Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ހާތާ ބާލިން ބަލިކޮށް ބަޔާން އަލުން އެއް ވަނަ އަށް

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ ޕޮއިންޓެެއްގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2023 | ހޯމަ 04:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޖަރުމަނު ލީގުގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަލުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބާލިންއާ ދެކޮޅަށް ބަޔާން ނުކުތްއިރު، ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑު އެވެ. އެއީ ލީގުގައި އެންމެ ފަހުން ބޮކުމްއާ ދެކޮޅަށް ޑޯޓްމަންޑުން ކުޅުނު މެޗު އެއްވަރުވުމުން، އެއް ޕޮއިންޓުގެ ލީޑަކުންނެވެ. ލިބުނު ފުރުސަތުގައި އަމިއްލަ ދަނޑުގައި 2-0 އިން ބާލިން ބަލިކޮށް ބަޔާން މި ވަނީ އަނެއްކާ ވެސް އެއް ވަނަ އަށް ޖެހިލައިފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބަޔާންގެ ދެ ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރު ވެފަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ސާޖް ގްނަބްރީ އެވެ. ޔޯސުއާ ކިމިކް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ދިހަ މިނެޓު ފަހުން ބަޔާނަށް ލީޑު ފުޅާކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. މި ލަނޑު ޖެހުމަށް ކޯމަން އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކިމިކް އެވެ.

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ ޕޮއިންޓެެއްގެ ލީޑަކުންނެވެ. ކުޅުނު 30 މެޗުން އެ ޓީމަށް ލިބެނީ 62 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ވާދަވެރި ޑޯޓްމަންޑަށް ލިބެނީ 61 ޕޮއިންޓެވެ. މިއީ ލީގު ދިފާއު ކުރުމަށް މަސައްކަތް ކުރާ ބަޔާނަށް ހަމަޖެހިލެވޭނެ ވަރުގެ ލީޑެެއް ނޫނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު