Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެޒްގ ސްޕޯޓްސް ފެސްޓިވަލް

ފެޒްގ ހޭންޑްބޯޅަ މުބާރާތް ކާމިޔާބު ކުރީ ލެޖެންޑްސް

މިއީ ފ.ފީއަލީގައި ހޭންޑުބޯޅަ މުބާރާތެއް ވާދަވެރި ގޮތެއްގައި ބޭއްވި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2023 | ހޯމަ 02:22
ފެޒްގ ހޭންޑު ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލެޖެންޑްސް ޓީމަށް ތަށި ހަވާލު ކުރަނީ

ފެޒްގ ހޭންޑު ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލެޖެންޑްސް ޓީމަށް ތަށި ހަވާލު ކުރަނީ

ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އިން އިން އިންތިޒާމުކޮށްގެން ބޭއްވި އަންހެން ހޭންޑުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެޖެންޑްސް އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލެޖެންޑްސް އިން ހޯދީ ފައިނަލްގައި ވިނަރެސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ލެޖެންޑްސް އިން ވަނީ ފަސް ލަނޑު ތިން ލަނޑުން ވިނަރެސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެޖެންޑްސްގެ އައިޝަތު އާޔާ މުޙައްމަދު އެވެ. ހަތަރު ޓީމު ވާދަކުރި މުބާރާތް ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު، ޕޮއިންޓު ތާވަލްގެ އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެގެން ޕޮއިންޓު ތާވަލްގެ އެއް ވަނަ ހޯދީ ވެސް ލެޖެންޑްސް އެވެ. ތާވަލްގެ ދެ ވަނަ ވިނަރެސް އިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެގެންނެވެ. ޕޮއިންޓު ތާވަލްގެ ތިން ވަނަ އަށް ވީ ކިންގް ދިޔައީ ކުޅުނު އެެއް މެޗުން އެއްވަރުވެ، އަނެއް ދެ މެޗުން ބަލިވެގެންނެވެ. ތާވަލްގެ ފުލަށް ދިޔަ ވިންގްސް ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ލެޖެންޑްސްގެ ލީމް އަޙުމަދު، ވިނަރެސްގެ ރިވާ ޖަލީލު، އައިމިނަތު ސިރާޖާ އަދި ވީ ކިންގުގެ އީޝަލް އަލީ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަންސް ލެޖެންޑްސްގެ އާޔާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލެޖެންޑްސްގެ އަލީ ޒާހިރު އެވެ.

މިއީ ފެޒްގ އިން އިސް ނަގައިގެން އެ ޖަމިއްޔާގެ އަންހެން މެމްބަރުންނަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. އަދި މިއީ ފ.ފީއަލީގައި ހޭންޑުބޯޅަ މުބާރާތެއް ވާދަވެރި ގޮތެއްގައި ބޭއްވި ފުރަތަމަ ފަހަރެވެ. އެ ރަށުން ވަނީ މިއަހަރު އޮތް އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގައި ވެސް ވާދަކޮށް، ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. މީގެ އިތުރުން ފެޒްގ އިން ވަނީ ފިތުރު އީދާ ގުޅުވައިގެން ފިރިހެން ވޮލީ ބޯޅަ މުބާރާތެއް ވެސް ބާއްވައިފަ އެވެ. ކުރިއަށް އޮތް ޢަޟްޙާ ޢީދުގައި ވެސް އެ ޖަމިއްޔާ އިން ކުޅިވަރު މުބާރާތްތަކެއް ބާއްވާނެ ކަމަށް ފެޒްގ އިން މައުލޫމާތުދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު