Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ސައުދު

އޭސީސީއިން ބަލާ މައްސަލައިގެ ބައެއް ލިޔުންތައް ނުފެނުނު ކަމަށް ބުނެ ސައުދު ފުލުހަށް ހާޒިރުކުރަނީ

އެޭސީސީން ބަލަމުންދާ މައްސަލައިގެ ލިޔުންތައް ނުފެނުނު ކަމަށް ބުނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 8 ޖުލައި 2017 | ހޮނިހިރު 08:29
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތުހުމަތުތަކެއްކޮށް ބަލަމުންދާ މައްސަލައިގެ ބައެއް ލިޔެކިޔުން ނުފެނުނު ކަމަށް ބުނެ ފުލުހަށް ހާޒިރުވުމަށް އޭނާ އަށް އަންގައިފި އެވެ.

އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ގއ. ވިލިނގިލީ ކައުންސިލްގެ ރައީސްގެ މަގާމުގައި ސައުދު ހުންނެވިއިރު ހިންގި ކަމަށްބުނާ ކޮރަޕްޝަނުގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ސައުދު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އޭނާ ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ހާޒިރުވުމަށް ސައުދުއަށް އަންގައި ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވާ ގޮތުގައި އޭނާ ހާޒިރުކުރަނީ އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ވިލިނގިލީ ކައުންސިލުން ހޯދަން ބޭނުންވާ ލިޔުންތައް "ހޯދަން ބެލިއިރު އެ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ހޯދައި ނުފެނިފައިވާ" މައްސަލަ ކަމަށެވެ.

ޗިޓުގައި ބުނެފައިވާ ގޮތުގައި ސައުދު ހާޒިރުކުރަނީ އެ މައްސަލައާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ. ޗިޓުގައި ބުނެފައިވާ ގޮތުގައި ލިޔުންތައް ހޯދައި ނުފެނުނު މައްސަލައިގެ ތުހުމަތު ކުރަނީ ސައުދަށެވެ.

ފުލުހުން ފޮނުވި ޗިޓާއެކު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ސިޔާސީ ތުހުމަތު ސީޒަން 2، އެޕިސޯޑް 4، " އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. މިމަހުގެ ދެވަނަ ދުވަހު އޭސީސީއަށް ހާޒިރުވާން އެންގުމުން އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ސިޔާސީ ތުހުމަތު ސީޒަން 2، އެޕިސޯޑް 3" އަށް އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ލިޔުންތަކެއް ނުފެނުނު ކަމަށް ބުނާ މައްސަލައެއްގައި ސައުދު ފުލުހަށް ހާޒިރުކުރާއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސައުދުގެ މައްޗަށް ފުލުހުން ގެންދަނީ ތަހުގީގެއް ހިންގަމުންނެވެ.

ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ބޭފުކެވެ. ޕީޕީއެމުން ވަކިކުރުމާއެކު ސައުދު ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގަ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް