Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު600 ދަރިންގެ ބައްޕަ

ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާގެ ލޭ ހިއްސާ ކުރާ 600 އެއްހާ ދަރިންގެ ބައްޕަގެ މައްޗަށް ކޯޓު ޢަމުރެއް!

29 އެޕްރީލު 2023 | ހޮނިހިރު 10:54

ޢަމުރާ ޚިލާފުވާ ކޮންމެ ފަހަރަކު، 1 ލައްކަ ޔޫރޯ ނުވަތަ 1 ލައްކަ 10 ހާސް އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ކުރެވޭނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 އެޕްރީލު 2023 | ހޮނިހިރު 10:54
އެސްޓަރ ޑި ލޯ؛ ބޯޑް މެންބަރު

އެސްޓަރ ޑި ލޯ؛ ބޯޑް މެންބަރު

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަރިފަނި ހަދިޔާ ކުރަމުން ދިޔަ މީހެއްގެ މައްޗަށް، ނެދަލަންޑްސްގެ ކޯޓަކުން، އެކަން އެގޮތަށް ނުކުރުމަށް އަންގާ ޢަމުރު ކޮށްފިއެވެ.

ކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި ދަރިފަނި ހަދިޔާ ކުރަމުން ދިޔަ މީހާގެ ދަރިންގެ ޢަދަދު އުޅެނީ 500 އާއި 600 އާ ދެމެދުގައެވެ. އެނާގެ ދަރިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. ޓެލެގްރާފް ނޫހާ ހަވަލާދީ ރޮއިޓާޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ދަރިފަނި ހަދިޔާކޮށް އެތައް ސަތޭކަ ދަރިންނެއްގެ ބައޮލޮޖިކަލް ބައްޕަގެ މަޤާމުގައި ހުރި އެމީހަކީ ނެދަލަންޑްސްގެ ރައްޔިތެކެވެ.  ޖޮނަތަން މޭޔާގެ ނަމުން މީޑިއާގައި މުޚާތަބު ކުރާ އެމީހާގެ ޢުމުރުން ވީ އަދި އެންމެ 41 އަހަރު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މޭޔާގެ މައްޗަށް ކޯޓުން ނެރުނު ޢަމުރުގައި ބުނެފައި ވަނީ ކުލިނިކުތަކަށް ދަރިފަނި ހަދިޔާ ކުރުން އޭނާގެ މައްޗަށް މިހިނދުން ފެށިގެން މަނާ ކޮށްފައި ވާ ކަމަށެވެ. އަދި ޢަމުރާ ޚިލާފުވާ ކޮންމެ ފަހަރަކު، 1 ލައްކަ ޔޫރޯ ނުވަތަ 1 ލައްކަ 10 ހާސް އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޢަމުރުގައި ބަޔާން ކޮށްފައި ވެއެވެ.

މިހާތަނަށް އޭނާ ދަރިފަނި ހަދިޔާ ކޮށްފައި ވާ ކުލިނިކުތަކުގައި އަދި ބޭނުން ނުކޮށްހުރި ދަރިފަނީގެ ސްޓޮކް ނައްތާލުމަށް، އެ ކުލިނިކުތަކަށް ލިޔުމަކުން އެންގުމަށްވެސް މޭޔާގެ މައްޗަށް ކޯޓުން ވަނީ ޢަމުރު ކޮށްފައެވެ. ނަމަވެސް، މޭޔާގެ ދަރިފަނި ބޭނުންކޮށްގެން ދަރިން ހޯދާފައިވާ ޢާއިލާތަކަށް ރިޒާވްކޮށްފައި ވާ ދަރިފަނީގެ ސްޓޮކް ވަނީ އިސްތިސްނާ ކޮށްފައެވެ.

މޭޔާގެ މައްޗަށް މިފަދަ ކޯޓު ޢަމުރެއް ނެރެފައި ވަނީ އޭނާގެ ދަރިފަނި ބޭނުންކޮށްގެން ދަރިން ހޯދި މީހުންގެ ފަރާތުން ކޯޓަށް ހުށަހެޅި މަދަނީ މައްސަލައަކާ ގުޅިގެންނެވެ. އެ ދަޢުވާގައި ބުނެފައި ވަނީ، މޭޔާ ދަރިފަނި ހަދިޔާ ކުރަމުން ދިއުމުގެ ސަބަބުން، އެ ދަރިފަނިން އުފަންވާ ދަރިންގެ ޒާތީ ދިރިއުޅުމަށް ހުރަސްތަކެއް އެޅެމުން ދާ ކަމަށެވެ. އަދި އެކުދިންނަށް ލޯބީގެ ގޮތުން އެހެން މީހަކާ ގުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާ، އެހެނީ، ލޭގެ ގުޅުން އޮތް މީހަކާއެކު އެފަދަ ގުޅުމެއް ހިންގިދާނެ ކަމުގެ ބިރު އޮތުން ކަމަށްވެސް ދަޢުވާގައި ފާހަގަ ކޮށްފައިވެއެވެ.

ދަޢުވާ ހުށަހެޅި ފަރާތުން ވަނީ، ދަރިފަނި ހަދިޔާ ކުރި މީހުންގެ ޤައުމީ އަދި ބައިނަލްއަޤުވާމީ ޑޭޓާބޭސްއެއް، ނެދަލަންޑްސްގެ ސަރުކާރުން އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެތައް ބަޔަކަށް މޭޔާ ދަރިފަނި ހަދިޔާ ކުރަމުން ދާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ދަރިމައިވުމާ ގުޅޭ ނެދަލަންޑްސްގެ ކުލިނިކުތަކަށް މޭޔާ ދަރިފަނި ހަދިޔާ ކުރަމުން ދިޔަ އިރު، އޭރު އޭނާއަށް 100 އަށް ވުރެ ގިނަ ދަރިން ވަނީ ލިބިފައެވެ. އޭރުވެސް އެކަން އެގޮތަށް ނުކުރުމަށް މޭޔާގެ މައްޗަށް ވަނީ ޢަމުރު ކޮށްފައެވެ. ނަމަވެސް އޭނާ ދިޔައީ ބޭރުގެ އެކި ކުލިނިކުތަކަށްވެސް ދަރިފަނި ހަދިޔާ ކުރަމުންނެވެ. ބައެއް ހާލަތްތަކުގައި އޭނާ ދަރިފަނި ހަދިޔާ ކޮށްފައި ވަނީ ނަންވެސް އޮޅުވާލައިގެންނެވެ.

މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް މޭޔާ ވަނީ އިންކާރުކޮށްފައެވެ. ޒަވާޖީ ޙަޔާތެއްގެ ބޭރުން ދަރިން ހޯދުމަކީ އެއްވެސް ހާލެއްގައި އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. އަސްލާއި ނަސްލު ސަލާމަތްކޮށް، އިންސާނީ ކަރާމާތާ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކާ، އިސްލާމް ދީން ދައްކައިދީފައިވާ ސީދާ މަގުގައި ސާބިތުވެ ތިބުމަކީ، މިފަދަ ހުރިހާ ކަމަކުން ނަފުސު ސަލާމަތްކޮށްދޭނެ ކަމެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި
12 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ފިނި "އާބާދީ"

12 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ފިނި "އާބާދީ"
07 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟

07 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް