Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯއިން ބިން ލައިނަރ ވިއްކުން

ވެމްކޯއިން ބިން ލައިނަރ ވިއްކަން ފަށައިފި

27 އެޕްރީލު 2023 | ބުރާސްފަތި 22:20

ޑަސްބިން ކޮތަޅު މިހާރު މާލެއިން ލިބެން ހުންނާނީ މަޖީދީ މަގު ލަގްޒަރީ ފިހާރައާއި ސޯސަން މަގު، ތޫރި ފިހާރައާއި އަދި އަލިކިލެގެފާނު މަގުގައި ހުންނަ އެޗްސީޔޫ މާޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2023 | ބުރާސްފަތި 22:20
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ޑަސްބިން ކޮތަޅު ވިއްކަން ފަށައިފިއެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވެ. އެއާއެކު އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންގޮސްފައިވަނީ ކުނި އަޅާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ދައްކަންޖެހޭތީއެވެ. ނަމަވެސް ގާނޫނު ބުނާގޮތުން، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގިނަމަވެސް، ކުނި މެނޭޖްކުރުމާ ގުޅޭ އިދާރާއިން ފޯރުކޮށްދޭ ބިންލައިނަރއިން ފީ ނެގުން އިސްތިސްނާވާނެއެވެ. އަދި ރޯ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅުންވެސް ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެއެވެ.

Advertisement - newsAdvertisement

ވެމްކޯއިން ބުނީ އެ ކުންފުނީގެ ކަސްޓަމާ ފްރަަންޓް އޮފީސްތަކުން ކޮތަޅު ވިއްކަން ފަށައިފައިވާ ކަމަށެވެ. އަދި, މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކާއި، ކަސްޓަމާ ފްރަންޓް އޮފީސްތަކުން ވެސް ކޮތަޅު ބޮނޑިތައް ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ. މީގެއިތުރުން ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް ކޮތަޅަށް އެދި އޯޑަރުވެސްކުރެވޭނެއެވެ.

ޑަސްބިން ކޮތަޅު މިހާރު މާލެއިން ލިބެން ހުންނާނީ މަޖީދީ މަގު ލަގްޒަރީ ފިހާރައާއި ސޯސަން މަގު، ތޫރި ފިހާރައާއި އަދި އަލިކިލެގެފާނު މަގުގައި ހުންނަ އެޗްސީޔޫ މާޓުންނެވެ. މީގެއިތުރުން ހުޅުމާލެއިން ކޮތަޅު ލިބެން ހުންނާނީ ހުވަނދުމާ ހިނގުމުގައި ހުންނަ ފަހި ޕްލާޒާއިންނެވެ.

ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާނެއެވެ. އެއީ ކަޅުކުލައާއި ފެހިކުލައިގެ ކޮތަޅެވެ. ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި، ފެހި ކޮތަޅުގައި ބަންދުކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އެދެއެވެ. ވެމްކޯއިން ވިއްކަނީ އާއްމު ސައިޒު ނުވަތަ L ސައިޒު [17 އިންޗީ ދިގު] ގެ ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެއެވެ. އޭގެ އަގަކީ 35ރ އެވެ. ސައިޒު XXL [27 އިންޗި ދިގު]ގެ 100 ކޮތަޅު ބޮނޑިއާއި XXXL [48 އިންޗީގެ] ގެ 50 ކޮތަޅު ބޮނޑި ވިއްކަން ހަމަޖައްސާފައިވަނީ 165ރ އަށެވެ.

އަދި ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް