Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ދޮގު ބަޔާން ދިނުން

މުއިއްޒު ދޮގު ބަޔާން ދިން މައްސަލަ: ޚުލާސާ ބަޔާން އިއްވައިފި

ނޫމަޑީގެ އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައި ނުވާ ފަރާތެއްވެސް ދިފާއީ ހެކީގެ ގޮތުގައި ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2023 | ހޯމަ 05:58
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު އޮތީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.

Advertisement - newsAdvertisement

ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ،  ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލާގައި، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

 އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ނޫމަޑިއަށް ލަގްޜަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ހެކިވެރިންގެ ހެކިބަހަށް ބަލާއިރު، ނޫމަޑީގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދާކަމާއި، އެކަން މުއިއްޒުއަށްވެސް އަންގާފައިވާކަން އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ހެކިންގެ ހެކިބަހަށް ބަލާއިރު، ނޫމަޑީގެ އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައި ނުވާ ފަރާތެއްވެސް ހެކީގެ ގޮތުގައި ހުށައަޅާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މުއިއްޒުގެ ސޮޔާއި ގުޅޭގޮތުން ހުށައެޅި ދިފާއީ ހެކިވެރިޔާއާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަށް މުއިއްޒުގެ އެކި ސޮއިގެ ތަފާތުތައް ބުނެދޭން ނޭނގުނުކަމަށެވެ. އޭނާއަކީ ސާފުކޮށް ލޮލަށް ފެންނަން އޮތް ކަމެއްގައިވެސް ސީދާ ބަހެއް ނުދެވުނު ފަރާތެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އާބިޓްރޭޝަންގައި މުއިއްޒު ވާހަކަ ދެއްކެވީ ފެންނަން އޮތް ޙަގީގަތެއް އޮޅުވާލައިގެން އިބާރަތް ކޮށްގެންކަމަށެވެ.

އެއަށްފަހު ދިފާއުންވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އެގޮތުން މުއިއްޒު ދޮގު ބަޔާން ދިންކަމަށް ބުނެ އެ ބަޔާނާ ގުޅޭ ކަންކަން ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކަކީ އިނގިރޭސި ބަހުން ލިޔެފައިވާ ވިޓްނަސް ސްޓޭޓްމަންޓުތަކެއްކަމަށާއި، އެ ލިއުމެއްގައި ސޮއިކޮށްފައިވަނީ މުއިއްޒުކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.

ދިފާއީ ވަކީލު އިތުރަށް ވިދާޅުވީ، ދޮގު ބަޔާނެއް ދިނީ ހުވައެއްގެ މަތީގައިކަމަށްވާ ޙާލަތާއި، އަދި ހުވައެއްގެ މަތީގައިކަމަށް ނުވާ ޙާލަތުގައި ދައުވާ އުފުލަންޖެހޭ މާއްދާ ތަފާތުވާނެ ކަމަށެވެ. މި މައްސަލައިގައި ދައުލަތުން އެ ފާހަގަކުރާ ބަޔާން ދިނީ އެފަދަ ހުވައެއްގެ މަތީގައިކަން އެނގެން ނެތަތީ ޤާނޫނުލްއުޤޫބަތުގެ 520 ވަނަ މާއްދާގެ ބަދަލުގައި ދައުވާ ކުރަން ޖެހެނީ 521 ވަނަ މާއްދާގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރުމެވެ.

ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ރަސްމީ 15 ދުވަސް ތެރޭގައި މި މައްސަލައިގެ ޙުކުމް ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު