Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ޔުނައިޓެޑުން ތިން ވަނަ އަށް

މޮޅާއެކު ޔުނައިޓެޑުން ތިން ވަނަ އަށް ޖެހިލީ 30 މެޗުން 59 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އެޕްރީލު 2023 | ހޯމަ 03:00
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑުން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ފޮރެސްޓުގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. ޔުނައިޓެޑުން މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިން ނުހިމަނަ އެވެ. އޭގެ ތެރޭގައި މިފަހުން އެންމެ މޮޅު ކުޅުމެއް ދައްކަމުން އައި މާކަސް ރަޝްފޯޑު، ލޫކް ޝޯ، ލިސަންދްރޯ މާޓިނޭޒް އަދި އަލެހަންދްރޯ ގަނާޗޯ ހިމެނެ އެވެ. މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ 32 ވަނަ މިނެޓުގަ އެވެ. އެއީ ފޮރެސްޓުގެ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝިއަލް ފޮނުވާލި ބޯޅަ އެ ޓީމުގެ ގޯލް ކީޕަރު ކޭލޯ ނަވާސްގެ އަތުގައި ޖެހި ރީބައުންސަށް ނިކުތްބޯޅަ ގޯލަށް ފޮނުވާލައިގެން އެންޓޮނީ ޖަަަހައިދިން ލަނޑުންނެވެ. ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެއީ އެންޓޮނީ ޖައްސާލި ބޯޅަ ކީޕަރު ނަވާސް ކައިރިން ގޯލަށް ފޮނުވާލައިގެން ޑިއޯގޯ ޑަލޮޓް ޖަހައިދިން ލަނޑެކެވެ.

މޮޅާއެކު ޔުނައިޓެޑުން ތިން ވަނަ އަށް ޖެހިލީ 30 މެޗުން 59 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކޫޅެގެން ހަތަރު ވަނައިގައި ނިއުކާސަލް ޔުނައިޓެޑު އޮތީ 56 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި މެންޗެސްޓަރ ސިޓީ 70 ޕޮއިންޓާއެކު އޮތްއިރު، އެއް ވަނައިގައި އާސެނަލް އޮތީ 74 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު