Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ހިޔާނާތުގެ މައްސަލަ

ފުއްގިރި މައްސަލަ: ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް

ޔާމީނުގެ ފަރާތުން ވަނީ 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 10:06
ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ޙުކުމް

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ޙުކުމް

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހުށައެޅުއްވި ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވި ނިންމެވުމުގެ ޙުކުމް ކުރުމުގެ އަޑުއެހުން އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ޔާމީނުގެ ފަރާތުން ވަނީ 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައެވެ.

ޔާމީނުގެ ފަރާތުން ހުށައެޅި އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އިސްތިއުނާފީ މަރުޙަލާއަކީ އަލުން ބަލުން މައްސަލަ ބެލުމުގެ މަރުޙަލާއެއް ނޫން ކަމަށާއި، ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ އަސާސަށް ބަލާއިރު، މި ނުކުތާއަށް ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.  

އެހެންނަމަވެސް ދައުވާއާއި ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދައުވާގެ މައުޟޫއާ ގުޅުން ނެތް އިތުބާރު ނުހިފޭ ހެކި ހުރިތޯ ނެއްތޯ ދަށު ކޯޓުން ބަލާފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތްކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ. އެގޮތުން ދަށު ކޯޓުން ނިންމުމަށް ވާސިލުވި ހަމައެއް އަދި ހެކި ވަޒަން ކުރި ގޮތެއް އެނގެން ނެތްކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ، ހެކިތައް ގުޅިގެން އަންނަ ގޮތެއް ދަށު ކޯޓުގެ ނިންމުމުން ސާފު ނުވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ނިންމާ ނިންމުމުގައި، އެ ނިންމުމަކަށް ވާސިލުވި ގޮތެއްވެސް ފެންނަން އޮންނަން ޖެހޭނެކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

ދަށު ކޯޓުން ފަނޑިޔާރެއްގެ އިހުތިޔާރު ބޭނުން ކޮށްފައިވާ ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަނުމަކީ މަދު ޙާލަތެއްގައި މެނުވީ ނުކުރާނެ ކަމަކަށްވާއިރު، ފަނޑިޔާރު ނިންމުމަށް ވާސިލުވި ގޮތް ބަޔާންކޮށްފައި ނެތުމަކީ އެ އިހުތިޔާރުގެ ތެރެއަށް ވަންނަން ޖެހޭ ޙާލަތެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދަށު ކޯޓުގައި ޔާމީނުގެ ފަރާތުން އެދުނު ނަމަވެސް ދަށު ކޯޓުން ނިންމާފައިވަނީ އެ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ޙުކުމުގައި ފަނޑިޔާރު ޝަފީއު އިތުރަށް ވިދާޅުވީ، ދިފާއުން ހުށައެޅި ހުށައެޅުން ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމީ ރަޖުއީކޮށް ހެއްކާ ބެހޭ ޤާނޫނު ތަތުބީޤު ކޮށްގެން ކަމަށާއި، އެކަން ދައުލަތުން އިސްތިއުނާފު ނުކުރާ ކަމަށެވެ.

 ނަމަވެސް ދިފާއުން އެ ނިންމުން އިސްތިއުނާފުކޮށް ހެއްކާބެހޭ ޤާނޫނުގެ މަންފާ އެ ފަރާތަށް ލިބިދޭން ޖެހޭނެ ކަމަށް ބުނުމުން އެކަމުގެ ރައްދުގައި ރަޖުއީކޮށް ޤާނޫނު ތަތުބީޤު ނުކުރެވޭނެކަމަށް ދައުލަތުން ބުނަމުންދާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ދައުލަތަށް ފަހިވާ ގޮތަށް ކަމެއް އޮތްނަމަ ދައުލަތުން ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ވުމާއެކު، ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ޔާމީނަށް ލިބިދޭން ޖެހޭކަމަށް ދެކިލައްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.   

ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމާއި ގުޅޭގޮތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ނުކުތާއެއް ނޫން ކަމަށެވެ.

ފަނޑިޔާރު ވަނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާގައި އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް، އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް ޔާމީނަށް 7 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ފެނިލައްވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ފަނޑިޔާރު ދީބާނާޒް ފަހުމީއާއި، ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު އެކަމުގައި ތަފާތެވެ. އެގޮތުން އެބޭފުޅުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު