Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - ޕާކިސްތާން

ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރު ތައް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

9 އެޕްރީލު 2023 | އާދީއްތަ 10:25

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 26، 1966 ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އެޕްރީލު 2023 | އާދީއްތަ 10:25
ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރު ތައް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ވައިގެ ދަތުފަތުރުގެ ގުޅުން ޤާއިމްކުރުމާއި މެދު ކުރިއަށް ދިޔަ މަޝްވަރާތައް ބާއްވާ ފައި ވަނީ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުހައްމަދު ފައްޔާޒް ގިލާނީ، ނައިބް ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އެ ދެބޭފުޅުން ވަނީ މިކަމާއި މެދު މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހުގެ މެންދުރުކުރީގެ ވަގުތެއްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ޒަމާންވީ ގާތް ރަހްމަތްތެރި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ގައުމުން ގެންގުޅެމުންދާ އެއްކަހަލަ ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ އުސޫލުތަކުގެ މައްޗަށް ވެސް އެ ގުޅުން ބަރޯސާވާ ކަމަށް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި އިތުރަށް ކުރެއްވި މަޝްވަރާގެ ތެރޭގައި ނައިބް ރައީސް ފައިސަލް އާއި ޕާކިސްތާނުގެ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތައުލީމާއި ތަމްރީންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވާފައިވެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމާއި މެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތުގެ މައުލޫމާތު ވެސް އޮޅުންފިލުއްވާފަ އެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 26، 1966 ގައެވެ.

ޕާކިސްތާންފައިސަލް ނަސީމް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
05 ޑިސެމްބަރު 2025

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް