Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ނަތީޖާއާމެދު އުފާކުރަން، ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޓުޗެލް

އޭނާ ބުނީ އަދިވެސް ބަޔާންގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، ވަޒީފާއާ ހަވާލުވީ ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަން ވެސް އެނގިހުރެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 02:41
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާއާމެދު އުފާ ކުރާ ކަމަށާއި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އޭނާ ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ބޮރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް 4-2 އިން ކުރި ހޯދައި، އަލުން ޖަރުމަނު ލީގުގެ އެއް ވަނަ މަގާމަށް ޖެހިލުމަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މިއީ ކުރިއަށް ދިޔުމަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި، އަލުން އެއް ވަނައިގައި ބަޔާނަށް އޮވެވުނީތީ ވެސް އުފާވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓައިގެން ނޫނީ އެއް ވަނަ ދިފާއު ނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ އަދިވެސް ބަޔާންގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، ވަޒީފާއާ ހަވާލުވީ ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަން ވެސް އެނގިހުރެ ކަމަށެވެ. އަދި ބަޔާންގެ ކޯޗުކަމާ ހަވާލުވުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވަނީ އެކަމަށް އޭނާ އެދިގެންހުރި މިންވަރާއި، އެކަމުގެ ފޯރި އޭނާގެ ކިބައިގައި ހުރުމުން ކަމަށެވެ. މީގެ އިތުރުން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ ވެސް އޭނާ ބޭނުންވާ ގޮތް ކަމަށެވެ. ހަމައެއާއެކު ޓީމާ އެކު ގާތް ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓުޗެލް ބުނީ މެޗު ފަށައިގެން ޑޯޓްމަންޑުން ފެނުނީ ވަރަށް އިތުބާރާއެކު ކުޅުނު މަންޒަރު ކަމަށާއި، އެވަގުތުގައި ބަޔާނަށް ކޮންމެވެސް ވަރަކަށް ގޯސްތަކެއް ހެދުނު ކަމަށެވެ. ނަމަވެސް ފުރަތަމަ ލަނޑާއެކު ބަޔާނަށް އިތުބާރު ލިބުނު ކަމަށާއި، ޓީމުގެ ކުޅުން އެހިސާބުން ބަދަލުވި ކަމަށެވެ. އަދި އެއަށްފަހު ބަޔާނުން ލިބުނު ފުރުސަތުތަކުގައި އެޓޭކު ކުރި ކަމަށާއި، މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީ ކޮޅު ތިން ލަނޑުގެ ލީޑެއް ލިބުނުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޓުޗެލް ބުނީ ތިން ލަނޑުގެ ލީޑެއް ލިބުމާއެކު އޭނާ ހީއްކުރީ މެޗު ވަރަށް ފަސޭހަ ވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ބަޔާނަށް ބޯޅަ ލިބި، ކުޅުންތެރިންނަށް ބޯޅައާއެކު ކުދި ކުދި ގޯސްތަކެއް ހެދުނު ކަމަށެވެ. އޭނާ ބުނީ އެ މެޗުގެ ކުރިން ލިބުނީ އެންމެ ފަރިތަކުރުމެއް ކަމަށާއި، އެހެންކަމުން ބަދަލުތަކާއެކު ކުޅެން މަސައްކަތްކުރާއިރު އެކަންކަން ދިމާވާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި ބަޔާން އިން ނުކުންނަނީ ހެދޭ ގޯސްތައް ރަނގަޅުކޮށްގެންނެވެ.

ބަޔާނަށް ދެން އޮންނަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ޑީއެފްބީ ޕޯކަލްގެ ކުއާޓާ ފައިނަލްގައި ފްރެއިބާގްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގުގައި މި މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ ވެސް އެ ޓީމާ ދެކޮޅަށެވެ. މިމަހުގެ 12 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު