Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ޗެލްސީ ބަލިވެއްޖެ

މިހާތަނަށް ލީގުގައި އެ ޓީމުން 28 މެޗު ކުޅުނުއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ ދިހަ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 20:04
ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެސްޓަން ވިލާ މޮޅުވީ 2-0 އިންނެވެ. މެޗުގައި އެސްޓަން ވިލާ އިން ލީޑު ނަގާފައި ވަނީ 18 ވަނަ މިނެޓުގަ އެވެ. މެޗުގައި ޗެލްސީން ހަމަލާ އުފައްދައި ލީޑު ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ފޯވާޑް އޮލީ ވޮޓްކިންސް އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައި ޖެކޮބް ރަމްސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ޖެހީ ޖޯން މެކްގިން އެވެ. މެޗުގައި ޗެލްސީން ވަނީ އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށް އަށް ހަމަލާއެއް ފޮނުވާލައިފަ އެވެ. ޗެލްސީން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް މައްސަލަ ދިމާވީ ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމުންނެވެ. މި މެޗުގައި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ވަނީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ވެސް ފުރުސަތު ދީފަ އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ކާންޓޭ އަނިޔާ އިން ރަނގަޅުވެ އެއީ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ލީގުގައި މި ސީޒަންގައި ޗެލްސީގެ ފަރާތުން އަންނަނީ ދަށް ކުޅުމެއް ފެންނަމުންނެވެ. އެގޮތުން މިހާތަނަށް ލީގުގައި އެ ޓީމުން 28 މެޗު ކުޅުނުއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ ދިހަ މެޗުންނެވެ. އަށް މެޗު އެއްވަރުވެގެން ނިމިފައިވާއިރު، 10 މެޗަކުން ވަނީ ބަލިވެފަ އެވެ. 38 ޕޮއިންޓާއެކު ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު