Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެސީ އަލުން ހޯދުމަށް ބާސެލޯނާއިން "ގަދަ އަޅައި" މަސައްކަތްކުރަނީ

1 އެޕްރީލު 2023 | ހޮނިހިރު 07:10

ޔޫސްޓޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މެސީއާ ވާހަކަދެކެވިފައި ވާނެކަމަށާއި، ބާސެލޯނާއިން މެސީގެ އަގު ވަޒަންކުރާ މިންވަރު އޭނާއަށްވެސް އެނގޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 07:10
ބާސެލޯނާ ދޫކޮށްލުމުގެ ކުރިން ބޭއްވި ވަދާއީ އިވެންޓުގައި މެސީ

ބާސެލޯނާ ދޫކޮށްލުމުގެ ކުރިން ބޭއްވި ވަދާއީ އިވެންޓުގައި މެސީ

ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް އެ ކުލަބުން "ގަދަ އަޅައި" މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާ ދޫކޮށް މެސީ އޭނާގެ މިހާރުގެ ކުލަބް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އެ އެއްބަސްވުމުގެ މުއްދަތު މި އަހަރު ހަމަވާނެއެވެ. މެސީ ބާސެލޯނާ ދޫކޮށްލީ އެ ޓީމުގެ މާލީ ހާލަތު ގޯސްވެ، އޭނާގެ އެއްބަސްވުން އައުނުކުރެވުމުންނެވެ. އޭގެ ފަހުން މިހާރު ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުވެފައިވާއިރު، ބާސެލޯނާގެ އިސްވެރިން އަންނަނީ ތަކުރާރުކޮށް މެސީގެ ވާހަކަ ދައްކަމުންނެވެ.

ދާދި ފަހުން ބާސެލޯނާގެ ނައިބު ރައީސް ރަފައެލް ޔޫސްޓޭ ވިދާޅުވީ، މެސީ އަލުން އަނބުރައި އެ ކުލަބަށް ގެންނަން މަސައްކަތްކުރާކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މެސީއާ ވާހަކަދެކެވިފައި ވާނެކަމަށާއި، ބާސެލޯނާއިން މެސީގެ އަގު ވަޒަންކުރާ މިންވަރު އޭނާއަށްވެސް އެނގޭނެ ކަމަށެވެ. މީގެ އިތުރުން ޔޫސްޓޭ ވިދާޅުވީ މެސީ އަލުން އަނބުރައި ބާސެލޯނާއަށް އައުމަކީ އޭނާ ވަރަށް ލޯބިކުރާނެ ކަމެއް ކަމަށެވެ. ޔޫސްޓޭ ވަނީ، މެސީ ބާސެލޯނާ ދޫކޮށް ދާންޖެހުނު ހިތްދަތި ދުވަސްތަކުގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ، މީގެ ދެ އަހަރު ކުރިން މެސީގެ އެއްބަސްވުން އައުކުރުމުގެ ވާހަކަ ދެއްކުމުގައި އޭނާވެސް ބައިވެރިވެފައި ވާނެކަމަށާއި، މެސީ ބާސެލޯނާ ދޫކޮށް ދާން ޖެހުން ވެގެން ދިޔައީ ވަރަށް ހިތްދަތި ކަމަކަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާއާއި އެ ސިޓީދެކެ މެސީ ވަރަށް ލޯބިވާ ކަމަށާއި، ކުލަބުގެ އުންމީދަކީ ބާސެލޯނާގައި މެސީގެ ތާރީޚު ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެ އިތުރުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، މެސީ އަލުން ބާސެލޯނާއަށް އައުމަކީ އޭނާވެސް ބޭނުންވާ ކަމެއް ކަމަށާއި، އެ ކަމުގައި މިހާރު މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޒަވީ ބުނީ އެއީ އޭނާގެ މައްޗަށް ބަރޯސާވާ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަން ބިނާވެގެން ދާނީ މެސީ ހިތްހަމަޖެހޭ ގޮތަކަށް ކަމަށާއި، އަދި މެސީ އަލުން އަނބުރައި އަންނަން ބޭނުންވާނަމަ ކަމަށެވެ. އޭނާ ބުނީ މިއީ އެވާހަކަ ދައްކަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށާއި، ނަމަވެސް މެސީ ބާސެލޯނާއަށް އަތުވެއްޖެނަމަ އެންމެ ފުރަތަމަ އުފާވާނެ މީހަކީ އޭނާ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާގައި މެސީ ކުރިއަރަމުން އައި ގޮތާއި، ބާސެލޯނާގައި ކާމިޔާބީތައް ހޯދަމުން އައި ގޮތްވެސް ވަރަށް ރަނގަޅަށް އޭނާއަށް ފެނުނު ކަމަށެވެ. މެސީ އަލުން އައުމަކީ ބާސެލޯނާގެ ސަޕޯޓަރުންވެސް އެދޭ ކަމެއްކަން ފާހަގަކުރަމުން ޒަވީ ބުނީ، މެސީގެ ކެރިއަރުގެ ފަހު ދުވަސްތައް ބާސެލޯނާގައި ހޭދަކުރަންވެސް އެދޭ ކަމަށެވެ.

ބާސެލޯނާގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ 34 ތައްޓެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، މެސީއަކީ ބާސެލޯނާގެ ތާރީޚުގައިވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް