Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަމިއްލަ ދަނޑުގައި ބަޔާން ބަލިކޮށް އާސެނަލް ސެމީ ފައިނަލަށް

އާސެނަލްގެ މޭޑޯ ޕާކުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2023 | ބުރާސްފަތި 02:33
ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގައި އާސެނަލް އާއި ބަޔާން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގައި އާސެނަލް އާއި ބަޔާން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުގައި ބަޔާން މިއުނިކް ބަލިކޮށް، އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ އާސެނަލްގެ މޭޑޯ ޕާކުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2 އިންނެވެ. މީގެ ކުރިން ފުރަތަމަ ލެގުގައި ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ ބަޔާން އެވެ. އެހެންކަމުން އާސެނަލް އަށް ސެމީން ޖާގަ ލިބެން އޮތީ ދެ ލަނޑުގެ ތަފާތަކުން ބަޔާން ބަލިކޮށްގެންނެވެ. ޕްރެޝަރު މެޗުގައި އާސެނަލް އިން ވަނީ ބަޔާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސެމީން އާސެނަލަށް ޖާގަ ލިބުނީ އެގްރިގޭޓް 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވެސް ވަނީ މޮޅަށް ކުޅެ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އާސެނަލަށް މެޗުގައި ލީޑު ނަގައިދިނީ 20 ވަނަ މިނެޓުގައި ފްރީޑާ މާނަމް އެވެ. އޭނާ އެ ލަނޑު ޖަހާފައި ވަނީ އާސެނަލްގެ ލީއާ ވިލިއަމްސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަ މިނެޓު ފަހުން އާސެނަލަށް ނަތީޖާ އަނބުރާލަ ދިނީ ސްޓިނާ ބްލެކްސްޓެނިއަސް އެވެ. އެއީ ކޭޓީ މެކްކޭބް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު އާސެނަލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 އަދި 29 ގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު