Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެމިކަލް ހަމަލާ

ސައްދާމު ޙުސައިންގެ ވެރިކަމުގައި "ކެމިކަލް ޢަލީ" ދިން ހަމަލާތަކުގެ ހަނދާންތައް އަދިވެސް ތާޒާ!

18 މާރިޗު 2023 | ހޮނިހިރު 14:15

އެ ހާދިޘާގައި ގޭހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ޢަދަދު، އެންމެ މަދުވެގެން 5000 އަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 މާރިޗު 2023 | ހޮނިހިރު 14:15
ސައްދާމު ޙުސައިންގެ ވެރިކަމުގައި "ކެމިކަލް ޢަލީ" ދިން ހަމަލާތަކުގެ ހަނދާންތައް އަދިވެސް ތާޒާ

ސައްދާމު ޙުސައިންގެ ވެރިކަމުގައި "ކެމިކަލް ޢަލީ" ދިން ހަމަލާތަކުގެ ހަނދާންތައް އަދިވެސް ތާޒާ

"ކެމިކަލް ހަމަލާގަ އަހަރެންގެ ފުރާނަ ސަލާމަތްވި، އެކަމަކު އެހެން މީހުން ވީ މަރު"، ޢިރާޤުގެ ކުރިދީންނަށް ނިސްބަތްވާ ޚާނިމް މުޙައްމަދު ބުނެލިއެވެ. ޢިރާޤުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން ދިޔަ ސައްދާމް ޙުސައިންގެ ޢަމުރުފުޅަކަށް، ޢިރާޤުގެ އުތުރުގެ ސަރަޙައްދަށް ގޭސް ހަމަލާ ދިން އިރު، ޚާނިމްގެ ޢުމުރުން އެންމެ 9 ވަރަކަށް އަހަރެވެ. ހަމަލާ އަމާޒު ކުރި ސަރަޙައްދަކީ، ކުރުދީ އާބާދުތައް ވަޒަންވެރިވެފައިވާ ސަރަޙައްދެކެވެ.

އެއީ 1988 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ދުވަސްތަކުން ދުވަހެކެވެ. ޢިރާޤުގެ ވައިގެ އަސްކަރިއްޔާއިން، ޙަލަބްޖާ އަވަށަށް ކެމިކަލް ބޮން އަޅަމުން ދިޔައެވެ. އެ ހާދިޘާގައި ގޭހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ޢަދަދު، އެންމެ މަދުވެގެން 5000 އަށް އަރައެވެ.

12 މެންބަރުންގެ ޢާއިލާއަކުން ސަލާމަތްވި ހަމަ އެކަނި މީހަކީ އާރާސް އާބިދުއެވެ. އޭނާ އަދިވެސް އެ މަންޒަރުތައް ހަނދާންތައް ހުރެއެވެ.

މި ދެންނެވި ކެމިކަލް ހަމަލާއަކީ، 'އަންފާލް'ގެ ނަމުގައި ހިންގި ވަރުގަދަ ކެމްޕޭންގެ އެންމެ ފަހުގެ ހަމަލާތަކުގެތެރޭގައި ހިމެނޭ ހަމަލާއެކެވެ. އެތައް ހާސް، ކުރުދީ އަވަށަކަށް ފުޅާ ކުރި އެ ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން 1 މިލިއަނެއްހާ މީހުންގެގެ ގެދޮރު ގެއްލި، 2 ލައްކައާ ގާތް ކުރާ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލި ދިޔައެވެ.

ސައްދާމުގެ ވެރިކަން ވައްޓާލި ފަހުން، އާބިދު ވަނީ ކޯޓުގައި ހެކިބަސް ވެސް ދީފައެވެ.

އޯގަސްޓް 2006 ގައި ފެށި އެ ޝަރީއަތުގައި، މަންޒަރު ދުށް ގިނަ ބަޔަކު ވަނީ ހެކިބަސް ދީފައެވެ. ކުރުދީ އަވަށްތަކުގައި ހުޅުޖަހާ، އަވަށްތަކުން އެތައް ހާސް ކުރުދީންނެއް ނެރެ، ޖަލަށް ލާ، ނުވަތަ މަރާލުމުގެ އިތުރުން މަސްޓަރޑް (ސަލްފަރ) ގޭހާއި ނަރުތަކުގެ ނިޒާމަށް ސީދާ ގޮތުން ހަމަލާ ދޭ އެނޫންވެސް މާއްދާތައް ބޭނުންކޮށްގެން ވައިގެ މަގުން ކެމިކަލް ހަމަލާތައް ދިން ގޮތުގެ ތަފްސީލުތައް، ހެކިބަސް ދިން މީހުން ވަނީ ޝަރީއަތުގައި ކިޔައިދީފައެވެ.

ޙަލަބްޖާއަކީ އޭރުގެ ކެމިކަލް ހަމަލާތަކުގެ ސާފު މިސާލެކެވެ.

އަންފާލް ކެމްޕޭންގެ އާރުކާޓީއަކަށް ހުރީ ސައްދާމުގެ ދެބެންގެދެދަރި މީހެއް ކަމަށް ވާ ޢަލީ ޙަސަން އަލް-މަޖީދު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުން ނަމަ، "ކެމިކަލް ޢަލީ" އެވެ. ޤަޠުލު ޢާންމު ހިންގި ކަމުގެ ކުށުގައި އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވިއެވެ.

ސައްދާމުގެ ވެރިކަން ވައްޓާލިފަހުން ކުރުދީން ވަނީ ޢިރާޤުގެ އުތުރުގައި އެމީހުންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ވަކި ސަރަޙައްދެއް ޤާއިމުކޮށްފައެވެ. ތޭލާއި ގޭހުގެ ސިނާޢަތުގައި އިންވެސްޓް ކުރާ މީހުންގެ ޝަޢުޤުވެސް އެ ސަރަޙައްދަށް ހޯދިއެވެ. ނަމަވެސް، އެކަމުންވެސް، އާބިދު ޢުއްމީދު ކުރި ފަދަ ބަދަލެއް ނައެވެ.

2003 ވަނަ އަހަރު އެމެރިކާއިން ޢިރާޤަށް އަރާ އެ ޤައުމު ލޫޓުވަމުން ދިޔަ ދަރަޖައާ އަޅާ ބަލާއިރު، ކުރުދީ ސަރަޙައްދަށް ލިބުނީ ކުޑަ ގެއްލުމެކެވެ. ކުރުދީ ސަރަޙައްދުގެ ވެރިކަން ކުރާ އަރބީލްއަކީ ކާމިޔާބު ވިޔަފާރި މަރުކަޒަކަށް ވިއެވެ.

ޢިރާޤުގައި ކުރުދީން ކޮންޓްރޯލް ކުރަމުންދާ ސަރަޙައްދަށް އިޤްތިޞާދީ ތަކުލީފުތައް ޖެހެން ފެށީ، 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއީ ޢިރާޤުގައި އޭރު އޮތް ސަރުކާރުން، ކުރުދީ ސަރަޙައްދަށް ދެމުންދިޔަ ފަންޑަށް ހުރަސްތަކެއް ކުރިމަތި ކުރި ހިސާބުންނެވެ. ޢިރާޤު ސަރުކާރުން އެފަދަ ފިޔަވަޅެއް އެޅީ، ޢިރާޤުގެ މައި ސަރުކާރުން ވަކިވުމަށް އިޤްތިޞާދީ މިނިވަންކަން ހޯދުމުގެ ނިޔަތުގައި، ކުރުދީ ސަރަޙައްދުން، އެމީހުންގެ އަމިއްލަ ޤަވައިދަކަށް ތެޔޮ އެކްސްޕޯޓް ކުރަމުން ދިޔަ ދިއުމުގެ އަދަބެއްގެ ގޮތުންނެވެ.

ކުރުދީންގެ ތެރޭގައި އޮތް 2 ޕާޓީގެ މެދުގައިވެސް، ތެލާއި ގޭހުގެ އާމްދަނީއާ މެދު ދެބަސްވުންތައް އުފެދުނެވެ. ޢިރާޤުގެ މައި ސަރުކާރުން ވަކިވުމަށް ކުރުދީންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމާއެކު، ޢިރާޤުގެ ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ބިންތައް ހިފަން އަސްކަރިއްޔާއަށް ޢަމުރުކޮށް، ފަންޑު ހުއްޓުމަކަށް ގެނެސްފައެވެ. އާބިދު ބުނާ ގޮތުގައި، އެ ސަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުން މިހާރުވެސް އޮތީ ހަމަނުޖެހިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2021

ފެނުގެ ޔަޤީންކަން ކަށަވަރުވީ މި ވެރިކަމުގައި، މިދިޔަ ވެރިކަމުގައި ދެއްކީ ހުސް ވާހަކަ!

22 މާރިޗު 2021
ފެނުގެ ޔަޤީންކަން ކަށަވަރުވީ މި ވެރިކަމުގައި، މިދިޔަ ވެރިކަމުގައި ދެއްކީ ހުސް ވާހަކަ!
17 މާރިޗު 2021

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

17 މާރިޗު 2021
އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
10 ޑިސެމްބަރު 2020

ޒަރީރުގެ ދުލުން މަސްވެރިކަމުގައި ވޭތުކުރި ބައިގަރުނު!

10 ޑިސެމްބަރު 2020
ޒަރީރުގެ ދުލުން މަސްވެރިކަމުގައި ވޭތުކުރި ބައިގަރުނު!
23 މެއި 2020

ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ...!

23 މެއި 2020
ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ...!
18 ނޮވެމްބަރު 2019

އެފައިސާ، މިފައިސާ، ވެރިކަމުގައި ބޭންކް އެކައުންޓަށް ބިލިއަނުން ފައިސާ!

18 ނޮވެމްބަރު 2019
އެފައިސާ، މިފައިސާ، ވެރިކަމުގައި ބޭންކް އެކައުންޓަށް ބިލިއަނުން ފައިސާ!
22 ސެޕްޓެމްބަރު 2019

ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު

22 ސެޕްޓެމްބަރު 2019
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު
13 ސެޕްޓެމްބަރު 2019

ވެރިކަމުގައި ކުރެއްވި ކަންކަންވެސް ޔާމީންގެ ހަދުމަފުޅުގައިނެތީތޯ؟

13 ސެޕްޓެމްބަރު 2019
ވެރިކަމުގައި ކުރެއްވި ކަންކަންވެސް ޔާމީންގެ ހަދުމަފުޅުގައިނެތީތޯ؟
14 ނޮވެމްބަރު 2018

ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

14 ނޮވެމްބަރު 2018
ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
18 ޖެނުއަރީ 2018

ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

18 ޖެނުއަރީ 2018
ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް