Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަން

އަފްޣާނިސްތާނުގައި އދ.ގެ މިޝަން އިތުރު އެއް އަހަރު ބެހެއްޓުމަށް ނިންމައިފި

މި ނިންމުމާއެކު އދ.ގެ މިޝަން، އަންނަ 2024 ވަނަ އަހަރުގެ މާޗް 17އާ ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މާރިޗު 2023 | ހޮނިހިރު 02:01
ފިނި ހެދުން ބަލައި، އަންހެނުންތަކެއް ކާބުލްގައި ހުންނަ އދ.ގެ އޮފީހުގައި

ފިނި ހެދުން ބަލައި، އަންހެނުންތަކެއް ކާބުލްގައި ހުންނަ އދ.ގެ އޮފީހުގައި

އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަން އިތުރު އެއް އަހަރު އެގައުމުގައި ބެހެއްޓުމަށް, އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ އަފްޣާނިސްތާނުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރިކޮމެންޑޭޝަންތަކެއް ހޯދުމަށް އެދެމުންނެވެ.

15 މެމްބަރު ގައުމު ހިމެނޭ އދ.ގެ ސަލާމަތީ މަޖިލީހުން ބުރާސްފަތި ދުވަހު މިނިންމުން ނިންމާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖަޕާނުން އެކުލަވާލި ދެ ރިޒޮލިޔުޝަނާވެސް އެކުއެވެ.

ފުރަތަމަ ރިޒޮލިޔުޝަންގައި ވަނީ; އަފްޣާނިސްތާނުގައި އދ.ގެ މިޝަނެއް ހުރުމުގެ މުހިންމުކަމާއި އެކަން އެގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅާފައެވެ. އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން 2021 ވަނަ އަހަރުގެ އޮގަސްޓްމަހު ހަވާލުވީއްސުރެ އދ.ގެ މިޝަންތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ނިންމުމާއެކު އދ.ގެ މިޝަން، އަންނަ 2024 ވަނަ އަހަރުގެ މާޗް 17އާ ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނެއެވެ. އަދި މި މިޝަންގެ މެންޑޭޓަކަށް ވާނީ އަފްޣާނިސްތާނުގައި ސުލްހައާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރުމެވެ.

ދެވަނަ ރިޒޮލިޔުޝަންގައި ވަނީ; އަފްޣާނިސްތާނުގެ މިހާރު ހާލަތާ ގުޅޭގޮތުން ހުރިހާ ދާއިރާތަކަކަށް ބެލިގެން މިނިވަންކަމާއެކު އެސެސްމަންޓެއް ހެއްދެވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސްއަށް ދެންނެވުމަށެވެ. އަދި ނޮވެމްބަރ 17 ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް މި އެސެސްމަންޓް ރިޕޯޓް ހުށަހަޅުއްވާއިރު، ސިޔާސީގޮތުންނާއި އިންސާނިއްޔަތަށާއި އަދި އަފްޣާނިސްތާނުގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ރިކޮމެންޑޭޝަންތަކެއް ހުށަހެޅުއްވުމަށްވެސް ވަނީ އެދިފައެވެ.

މިރިޕޯޓުގައި އަފްޣާނިސްތާނުގައި މިހާރު އިންސާނިއްޔަތާއި އިންސާނީ ހައްގުތަކާގުޅޭ ކަންކަން، ވަކިން ޚާއްޞަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކުގެ ހާލަތާއި، ދީނީ އަދި މީހުން މަދު ދަރިފަސްކޮޅުތަކުގެ ހާލަތާއި، ސަލާމަތީ ހާލަތާއި ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ހާލަތާއި ތަރައްގީއާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާއި، ގާނޫނާ އެއްގޮތަށް އަމަލުކުރަމުން ދާ ދިއުމާއި، ސަރުކާރު ހިންގަމުންދާ ގޮތާ ގުޅޭގޮތުން ހިމަނަންޖެހޭނެކަމަށް ރިޒޮލިޔުޝަންގައި ބުނެފައިވެއެވެ.

ޔޫއޭއީން އދ.ށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލާނާ ޒަކީ ނުސައިބާ ވިދާޅުވީ، އަފްޣާނިސްތާނުގެ ހާލަތަކީ ވަރަށް ގޮންޖެހުން ބޮޑު ހާލަތެއްކަން އެންމެންނަށްވެސް އެނގޭކަމަށާއި، އެހެންކަމުން ހުރި ފުރުސަތުތައްވެސް މަދުކަމަށެވެ. ލާނާ އިތުރަށް ވިދާޅުވީ ތާލިބާނުން އަފްޣާނިސްތާނުގެ އަންހެނުންނަށް ކަންތައްތައް ދަތިކުރަމުން ފިޔަވަޅުތައް އަޅަމުންދިޔައިރު، ބައިނަލްއަގްވާމީ މުޖުތަމައުގައި އެކަންކަމާ ކުރިމަތިލައި ހައްލު ހޯދުމުގެ ގުޅިފައިވާ ސިޔާސަތެއް ކަނޑައެޅިފައި ނެތްކަމުގެ ތުހުމަތު ބައެއް މީހުން، ވަކިން ޚާއްޞަކޮށް އަފްޣާނިސްތާނުގެ އަންހެނުން ކުރިކަމަށެވެ.

ލާނާ ވިދާޅުވީ، މިނިވަން އެސެސްމަންޓެއް ހެދުމަށް ސަލާމަތީ މަޖިލީހުން އެދެނީ ވަރަށް ވިސްނުންތެރިކަމާއެކު އަފްޣާނިސްތާނުގެ މިއުނދަގޫ ހާލަތުން އަރައިގަތުމަށް ދެން ކުރެވޭނެ ކަންކަން ދެނެގަތުމަށްކަމަށެވެ. އަދި އެއާއެކު އައު ވިސްނުންތަކެއް ގެނުވާނެކަމަށެވެ.

ތާލިބާނުން ބުނަމުން އަންނަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އަންހެނުންގެ ހައްގުތައް ދެމުން ދާނެކަމަށެވެ. ނަމަވެސް ތާލިބާނުން ވަނީ އަންހެނުންނާއި އަންހެންކުދިންނަށް ހައި ސްކޫލާއި ޔުނިވަސިޓީން ތައުލީމު ހާސިލުކުރުމުގެ މަގު ބަންދުކޮށްފައެވެ. އަދި ޕާކުތަކަށް ދިޔުން މަނާކޮށްފައިވާއިރު، އެހީތެރިވެދޭ އެކި ޖަމާއަތްތަކުގައި މަސައްކަތްކުރުންވެސް ވަނީ މަނާކޮށްފައެވެ.

އދ.ން ވަނީ މިއަހަރު އަފްޣާނިސްތާނަށް އެހީގެގޮތުގައި 4.6 ބިލިއަން ޑޮލަރު ބޭނުންވާކަން ހާމަކޮށްފައެވެ. އަދި އެއަދަދަށް އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމަށް މެމްބަރު ގައުމުތަކުގައި އެދިފައެވެ. އދ.ން ބުނާގޮތުގައި މި އެހީއަކީ އެގައުމުގެ ތިންބައިކުޅަ ދެބައި މީހުންގެ ދިރިތިބުމަށްޓަކައި ކޮންމެހެން ބޭނުންވާ އެހީއެވެ.

އަފްޣާނިސްތާންއެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު