Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާންމު ރޯގާތައް

ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވެއްޖެ

17 މާރިޗު 2023 | ހުކުރު 08:08

ފެބްރުއަރީ މަހު އަރިދަފުސް ރޯގާގެ 30،628 ކޭސް ފެނިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 މާރިޗު 2023 | ހުކުރު 08:08
މަގުމަތި

މަގުމަތި

މިދިޔަ ފެބްރުއަރީ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ "ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު" ގައި ވާގޮތުން ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މި ދެ ރޯގާ ވަނީ އިތުރުވެފައެވެ.

Advertisement - newsAdvertisement

މިގޮތުން ފެބްރުއަރީ މަހު އަރިދަފުސް ރޯގާގެ 30،628 ކޭސް ފެނިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ 29،307 ކޭހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބެލިނަމަވެސް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މިދިޔަ އަހަަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ 25،554 ކޭހެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ 16،125 ކޭހެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ފެބްރުއަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި އަދަދުވެސް އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން ބޭރަށް ހިންގުންވެސް ފެބްރުއަރީ މަހު ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު ބޭރަށް ހިންގުމުގެ 3،502 ކޭސް ފެނިފައިވާއިރު، ފެބްރުއަރީ މަހު ބޭރަށް ހިންގުމުގެ 4،357 ކޭސް ފެނިފައިވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރުވެސް މި އަދަދު މައްޗެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ 2،742 ކޭހެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާއާއި ބޭރަށް އިތުރުވެފައިވީނަމަވެސް ޑެންގީހުމުގެ ކޭސްތައް މަދުވެފައިވާކަމަށެވެ. ޖެނުއަރީ މަހު ޑެންގީހުމުގެ 198 ކޭސް ރިޕޯޓުކޮށްފައިވާއިރު ފެބްރުއަރީ މަހު މި އަދަދު ވަނީ 145 އަށް ދަށްވެފައެވެ.

އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ބަލިތަކުން ރައްކާތެރިވެތިބުމަށް އެޅޭނެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ. އަދި ޑެންގީ ހުމުގެ ކޭސްތައް މަދުނަމަވެސް ރައްކާތެރިވެތިބުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭރޯގާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
29 އޯގަސްޓު 2024

ކަރުގައި ރިއްސުމާއި ރޯގާއަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބޭހެއް

29 އޯގަސްޓު 2024
ކަރުގައި ރިއްސުމާއި ރޯގާއަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބޭހެއް
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް