Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ޖޭޕީން ވަނީ ވަކިން އޮވެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 މާރިޗު 2023 | ބުރާސްފަތި 07:01
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް

ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މާރޗް 14 ވަނަ ދުވަހު ކުރިއަށްދިޔަ ޖުމްހޫރީ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވަކިން ވާދަ ކުރުމަށް ނިންމާފައެވެ.

Advertisement - newsAdvertisement

މިއާއެކު ބުރާސްފަތި ދުވަހު ޖޭޕީން ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. ޖޭޕީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަސް ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މާރޗް 30 ވާ ބުރާސްުފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއެއްގެ ތެރެއިން ކަމަށް އެޕާޓީން ބުނެއެވެ. އެހެންނަމަވެސް ޕްރައިމަރީ އޮންނާނެ ތާރީޚު އަދި ހާމައެއް ނުކުރެއެވެ.

ޖެޕީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ކޯލިޝަން އެކުލަވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވަނިކޮށެވެ. ޖޭޕީއަކީ މިހާރު ސަރުކާރު ޕާޓްނަރެކެވެ.

ޖުމްހޫރީ ޕާޓީރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު