Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭޕީއިން ކޯލިޝަންގައި ދެމިއޮތުން

ގާސިމްގެ ފާޑުކިޔުން ސަރުކާރަށް: "ޖޭޕީ ސްލޮޓްތަކުން އިސްތިއުފާދޭންޖެހޭ ނަމަ، ރައީސް ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ"

ޤާސިމް ވަނީ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 07:59
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސް ޞާލިހު ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް އެ ޕާޓީން ވަނީ އަންގާރަ ދުވަހު ނިންމާފައެވެ. މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ އަންގާރަ ދުވަހު ކުރިއަށްދިޔަ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވަނީ މި ނިންމުމަށް އިއްތިފާގުވެފައެވެ. އެ ޕާޓިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށެވެ. އެއާއެކު ބުދަ ދުވަހު މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ. އަދި ޖޭޕީ ކޯލިޝަނުން ބާކީނުކޮށް ބޭއްވި ހަމައެކަނި ވެރިއަކީ ރައީސް ޞާލިހު ކަމަށް ވާއިރު އެމަނިކުފާނާއި އެކުގައި ޖޭޕީއިން އިތުރަށް މަސައްކަތް ނުކުރީ ކީއްވެތޯ އެ މެމްބަރުން ސުވާލު އުފެއްދެވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ޤާސިމް ވިދާޅުވީ ބައެއް މެމްބަރުން ޖޭޕީއިން އިންތިޚާބުގައި ވަކިން ވާދަކުރުމަކީ ލަދުވެތިކަމެއް ކަމަށް ދެއްކި ނަމަވެސް އެއީ އެއްގޮތަކަށް ވެސް ލަދުވެތި ކަމެއް ނޫން ކަމަށެވެ. ޖޭޕީ އިން ކޯލިޝަންގައި ދެމި އޮތީ ސަރުކާރު ގެންނަން ޖޭޕީ އިން ވެސް މަސައްކަތްކޮށްގެން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ޖޭޕީ އަށް ކޯލިޝަނުން ދޭން އަހުދުވި މިންވަރު ދެވުނުތޯ ސަރުކާރުން ސުވާލުކޮށްލަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ޖޭޕީގެ އެއްވެސް ބޭފުޅަކު މަޤާމުން އިސްތިއުފާދެއްވަން ވިދާޅުނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަންގައި ޖޭޕީ އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 އާއި ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި ޖޭޕީ އަށް ދެއްވި މަޤާމުތަކަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ދެއްވާފައިވާ އެއްޗެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ޤާސިމް ވަނީ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ކުރިއަރުވަން ހުރިހާ ސަރުކާރުތަކުން މަސައްކަތް ކުރަން ޖެހޭ ކަަމަށް ވާއިރު މި ސަރުކާރުން ކުރާ މަސައްކަތުގެ އަގު ބޮޑުވެފައި ސްޕީޑް ދަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖޭޕީމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު