Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ލިވަޕޫލް ޓެސްޓަށް ޔުނައިޓެޑު އޮތީ ފުރިހަމައަށް ތައްޔާރަށް: ޓެން ހާގް

5 މާރިޗު 2023 | އާދީއްތަ 02:24

ޓެން ހާގް ބުނީ، އެ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަށް ބޮޑު ޤުރުބާނީއެއް ވާން ޖެހޭކަން ވެސް އެނގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2023 | އާދީއްތަ 02:24
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓަރ ޔުނައިޓެޑު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނީ ލިވަޕޫލް މެޗަށް ނުކުންނައިރު ކުޅުންތެރިންނާއި އޭނާ ވެސް ހުރީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށެވެ. އަދި ލިވަޕޫލްގެ އެންފީލްޑުގައި މާހައުލު އޮންނާނެ ގޮތް ތަފާތު ވާނެ ކަން އޭނާ އަށް އެނގޭ ކަމަށެވެ. ލިވަޕޫލް މެޗަކީ ވަރަށް ބޮޑު ޓެސްޓެއް ކަމަށާއި މެޗަށް ނުކުންނަނީ ލިވަޕޫލާ ދެކޮޅަށް ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އޭނާ ބުނީ އޭނާ އަށް ޔުނައިޓެޑުގެ ކުޅުންތެރިން އެނގޭ ކަމަށާއި، މެޗަށް ނުކުންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން އިތުބާރާއެކު ކަމަށެވެ. މީގެ އިތުރުން އެ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަށް ބޮޑު ޤުރުބާނީއެއް ވާން ޖެހޭކަން ވެސް އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ލިވަޕޫލްގައި ތިބި ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންނަކީ ވަރަށް މޮޅު ބައެއް ކަމަށެވެ. ލިވަޕޫލުން ކުޅޭނީ ވަރަށް ރަނގަޅު ވައްޓަފާޅިއަކަށް ކަމަށާއި، އެ ޓީމުން އެންމެ ހީނުކުރާ ވަގުތުގައި ލަނޑު ވެސް ދީފައި ހުރި ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އަދި އޭނާގެ ނަޒަރުގައި މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާ ދަށްވި ނަމަވެސް އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭނާގެ ކުޅުންތެރިންނަށް އަބަދު ވެސް އިތުބާރު އޮންނަ ކަމަށް އޭނާ ބުންޏެވެ. އަދި ކުޅުންތެރިންގެ ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ދަނޑުގައި ޔުނައިޓެޑުން އެ ޓީމާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:30 ގައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް