Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ރިޒާ އަވަހާރަވުން

މެންބަރު ރިޒާގެ ހަނދާނުގައި ސުކޫތެއް

ހޯމަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ރިޒާގެ ތައުޒިޔާގެ ދަފްތަރެއް މަޖިލީހުގެ އިދާރާގައި އޮންނާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ފެބުރުއަރީ 2023 | ހޯމަ 07:32
އިބްރާހިމް ރިޒާ

އިބްރާހިމް ރިޒާ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހަމަ ހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގައި ސުކޫތެއް ގެނެސްފައި ވަނީ މަޖިލީހުގެ ޖަލްސާގެ މަސައްކަތްތައް ފެށުމުގެ ކުރިންނެވެ. އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޒާގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވާފައެވެ. މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެފައި ވަނީ އަލާސްވެ އުޅުއްވާ މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންދާ ރިޒާ އަކީ މަޖިލީހުގައި މުހިންމު މަސައްކަތްތަކުގައި ޝާމިލްވެވަދައިގަންނަވާފައިވާ ބޭފުޅެކެވެ. ތިން ދައުރު މަޖިލީހުގައި ޚިދުމަތްކުރައްވާފައިވާ ރިޒާ އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ އާއި ޖުޑިޝަރީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމެޓީ އާއި އެމްއެމްޕީއާރުސީ މައްސަލަ ދިރާސާކުރެއްވި ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ފަދަ މުހިންމު ކޮމިޓީތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ރިޒާ ވަނީ އަދާކުރައްވާފައިވާ މަޤާމުތަކަށް ބަލާ އިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު ކަމާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިމްތިޔާޒު ކޮމެޓީގެ މުގައްރިރު ކަމުގެ އިތުރުން އެ ކޮމެޓީގެ މުގައްރިރުގެ ނައިބުކަން އަދާކުރައްވާފައިވެއެވެ. އަލްމަރްހޫމް ރިޒާގެ ތައުޒިޔާގެ ދަފުތަރެއް އެކުލަވާލާ ހޯމަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން މަޖިލީހުގެ އިދާރާގައި އެ ދަފްތަރު ބޭއްްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަފްތަރުގައި އާންމުންނަށްވެސް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު