Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

ރޯދައިގެ ކުރިން އެސްޓީއޯ ރޯދަ މާޓް ފޭސް 2ގައި ހުޅުވަނީ

20 ފެބުރުއަރީ 2023 | ހޯމަ 13:36

މާޗު މަހުގެ ކުރިން މި ފިހާރަ ހުޅުވޭނެ ކަމަށް އެސްޓީއޯއިން ބުނޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 20 ފެބުރުއަރީ 2023 | ހޯމަ 13:36
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ އެސްޓީއޯ ރޯދަ މާޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ އެސްޓީއޯ ރޯދަ މާޓް

ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯ ރޯދަ މާޓް ގެ ނަމުގައި އައު ފިހާރައެއް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފިހާރައެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނެތުމުން ދިމާވާ ދަތިތައް ހާމަކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުން އަމްރު ވިދާޅުވީ ރޯދައިގެ ކުރިން އެސްޓީއޯ ރޯދަ މާޓް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކަމުގެ މައުލޫމާތު ދެމުން އެސްޓީއޯއިން ބުނެފައިވަނީ، ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ. އެއީ ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާ ކަމަށާއި އެއާއެކު މާލެއަށްދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ބިރު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއީ ރަނގަޅު ރޭޓެއްގައި ތަކެތިހޯދުމަށް ބާޒާރުމަތީ އެއްތަނުން އަނެއްތަނަށް ދުވަންޖެހިދާނޭކަމުގެ ނުތަނަވަސްކަން ކަމުގައި ވެސް ބުނެފައިވެއެވެ.

މިފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެގޮތުން އެސްޓީއޯއިންވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮއްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައި ކަމަށާއި ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފިހާރަ ހުޅުވުމުގެ މަސައްކަތް މިވަގުތު ދަނީ ބާރު ދުވެއްޔެއްގައި ކުރެވެމުން ކަމަށާއި މާޗު މަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ލިބޭނެ ކަމަށާއި އޭގެ އިތުރުން ރޯދަމަހަށް ހާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ. 

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
15 މެއި 2017

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
24 އެޕްރީލު 2017

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
09 ޖެނުއަރީ 2017

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

09 ޖެނުއަރީ 2017
ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް