Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

މަސީހު ބޭރުކުރުމުގެ މައްސަލަ މިހަފްތާގައި މަޖިލީހަށް ވައްދަނީ

މިހާރު ވަނީ އަދަދު ހަމަވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 ޖުލައި 2017 | އާދީއްތަ 12:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް

ސާޅީސް ދެ މެމްބަރުންނަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހަށް ވައްދަން ނިންމާފައިވާކަން ރާއްޖެ އެމްވީއަށް އެނގިއްޖެ އެވެ.

މިކަން އިދިކޮޅު އެއްވެސް ޕާޓީއަކުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

ކާކުކަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހަފުތާގައި ވެއްދުމަށް ނިންމައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް އާދީއްތަ ދުވަހު ހަވީރު ވަނީ ބާއްވައިފަ އެވެ.

މި ހަފުތާގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމަށް އެ ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަޝިޕުން ވިދާޅުވި ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ. މަސީހު ބޭރު ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ 42 މެންބަރުނގެ ސޮއި ހަމަވެފައިވާ ކަމަށާއި ކޮންމެ ވަގުތެއްގައިވެސް އެމައްސަލަ ވައްދާނެކަން ރަސްމީކޮށް މެންބަރުންނަށް ވަނީ އަންގާފައެވެ. ނަމަވެސް ސޮއި ކުރައްވާފައިވަ މެންބަރުންގެ ނަންތަކެއް ހާމައެއް ނުކުރައްވައެވެ. އެހެންވެ، މާލޭން ބޭރަށް އެއްވެސް މެމްބަރަކު ވަޑައިނުގެން މަޑުކުރުމަށް ވަނީ އެދިފަ އެވެ.

އިދިކޮޅު ފަރާތްތަކާ ނުލައި ދެން އެއްވެސް ޤާނޫނެއް ފާސް ނުކުރެވޭނެ ކަމަށާއި އެއްވެސް ޤާނޫނަކަށް މަޖިލީހުން ބަދަލު ނުގެނެވެނެކަމުގެ ކަށަވަރުކަންވެސް އެމޑީޕިގެ ޕީޖީ ގްރޫޕްގެ މެމްބަރުންނަށް މިއަދު ލީޑަޝިޕުން ވަނީ ދެއްވާފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ވިދާޅުވީ 42 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން މިހާރު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު މަސީހު އިސްތިއުފާ ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތްކުރާއިރު، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު