Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީ ޙަސަން ސައީދު

5 އަހަރު ކުރީގެ މައްސަލައެއްގައި ގާޒީ ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި

މިއީ ގާޒީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވިއިރު ހިނގި ކަމަކާ ގުޅިގެން ބެލި މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ފެބުރުއަރީ 2023 | ބުރާސްފަތި 06:10
ގާޒީ ހަސަން ސައީދު

ގާޒީ ހަސަން ސައީދު

ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއްކޮށްދިނުމަށް ލަފާދެއްވި މައްސަލަ ސާބިތުވެ، ފެމިލީ ކޯޓުގެ ކުރީގެ އިސްގާޒީ ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ގާޒީ ޙަސަން ސައީދު މިހާރު މަސައްކަތް ކުރައްވަނީ ކްރިމިނަލް ކޯޓުގައެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ނިންމާފައިވާ މި މައްސަލައަކީ ގާޒީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ދުވަސްވަރުގައި ހިނގި ކަމަކާ ގުޅިގެން ބެލި މައްސަލައެކެވެ. އެގޮތުން މިއީ 2018 ވަނަ އަހަރު ގާޒީ ޙަސަން ސައީދު އިސްގާޒީ ކަމުގައި ހުންނެވިއިރު ފެމިލީ ކޯޓުގެ ފަރާތުން އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެވެ.

ޖޭއެސްސީން ބުނީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްޤާޟީގެ ޙައިޞިއްޔަތުން، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރ އަށް ލަފާދެއްވާފައިވާ ކަމަށެވެ.

އެހެންނަމަވެސް، ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ޙައިޞިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމަށްވާއިރު، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ދީފައިވާ ލަފާގެ ސަބަބުން ޤާނޫނާ ޤަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.

މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ ދަށުން ގާޒީ ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއީ މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށެވެ.

އެގޮތުން ބަލާއިރު، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު 16 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް 2023 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ބަލާފައިވެއެވެ. އޭރު ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނަވަނިކޮށް، ޖޭއެސްސީން ބެލި މައްސަލަތައް ސާބިތުވެ ކޮމިޝަނުން އޭރު ނިންމީ ގާޒީއަށް ނަސޭޙަތް ދިނުމަށްފަހު، އޭރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށެވެ. އެގޮތުން އޭރު ގާޒީ ޙަސަން ސައީދު ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު