Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތުރުކީ-ސޫރިޔާ ބިންހެލުން

ބިންހެލުން އައިއްސުރެ ހުއްޓުމެއްނެތި ޑރ ޔަމާނީ ޚިދުމަތުގައި އަވަދިނެތި!

15 ފެބުރުއަރީ 2023 | ބުދަ 16:33

އޭނާގެ ހުރިހާ ވަޤުތެއް ހުސްކޮށްފައި ވަނީ ބިންހެލުމުގައި ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ފެބުރުއަރީ 2023 | ބުދަ 16:33
ޑރ ޔަމާނީ ބުނި ގޮތުގައި، އަނިޔާ ލިބިގެން އަންނަ ބައެއް ޕޭޝަންޓުންނަށް ދެވޭނެ އެއްވެސް ފަރުވާއެއް އެ ހޮސްޕިޓަލުގައި ނުވެސްނެތެވެ.

ޑރ ޔަމާނީ ބުނި ގޮތުގައި، އަނިޔާ ލިބިގެން އަންނަ ބައެއް ޕޭޝަންޓުންނަށް ދެވޭނެ އެއްވެސް ފަރުވާއެއް އެ ހޮސްޕިޓަލުގައި ނުވެސްނެތެވެ.

ދިރިއުޅުމަށް ކުރާ ބައެއް ކަހަލަ މަސައްކަތްތަކަކީ ހިތުގެ އެންމެ ފުންމިނުން އެކަމެއް ދެކެ ލޯބިވެގެން ނޫނީ އެންމެ ފުރިހަމަ ގޮތުގައި ނުކުރެވެނޭ މަސައްކަތްތަކެއް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެފަދަ އެއް ކަމަކީ ޑޮކްޓަރީ ބޭސްވެރިކަމެވެ. އާމްދަނީއެއް ހޯދަން ކޮށްލާ ކަމެއްގެ ގޮތުގައި ކުރުމަށް ވުރެ ބޮޑަށް، ޑޮކްޓަރުންގެ ޚިދުމަތަކީ އިންސާނިއްޔަތު ކަމާ ގުޅިފައިވާ މަސައްކަތެކެވެ. ނަތީޖާއެއްގެ ގޮތުން، ބޮޑެތި ކާރިޘާތަކުގައި އެންމެ ކުރީ ސަފުގައި ޑޮކްޓަރުން ހަރަކާތްތެރިވާތީ ފެންނަނީ މަދެއް ކޮށެއް ނޫނެވެ. އެފަދަ ގޮތަކަށް ޚިދުމަތަށް ނުކުންނަ ޑޮކްޓަރުންގެ ތެރެއިންވެސް ލާމަސީލު މިސާލުގެ ގޮތުގައި ފާހަގަ ކުރެވޭ ޑޮކްޓަރުން ތިބެއެވެ. އެފަދަ އެކަކީ ސޫރިޔާގެ ނިއުރޯސަރޖަން މުސްޠަފާ އަލް-ޔަމާނީއެވެ.

ޑރ ޔަމާނީ މަސައްކަތް ކުރަނީ ސޫރިޔާގެ އިދްލީބުގެ ހޮސްޕިޓަލެއްގައެވެ. ސޫރިޔާއާއި ތުރުކީވިލާތް ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު، އައި ބާރުގަދަ ބިންހެލުމަށްފަހު، ޑރ ޔަމާނީ، އެ ހޮސްޕިޓަލު ދޫކޮށް ގޮސްފައެއް ނުވެއެވެ. އޭނާގެ ހުރިހާ ވަޤުތެއް ހުސްކޮށްފައި ވަނީ ބިންހެލުމުގައި ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށެވެ. ރިޕޯޓް ލިޔުމާ ހިސާބަށް، ހޮސްޕިޓަލުން ބޭރަށް ޑރ ޔަމާނީ ނުދާތާ ބަރާބަރު 6 ދުވަސް ވެއްޖެއެވެ.

ރެކްޓަރ މިންގަނޑުން 7.8ގެ ބާރު މިނުގައި އައި ފުރަތަމަ ބިންހެލުމުގައި މުޅި ސަރަޙައްދު ގުޑުވާލިއިރު، ޑރ ޔަމާނީ ހުރީ އޭނާ ދިރިއުޅެމުންދާ ގޭގައެވެ.

ބާބް އަލް-ހާވާ ކްރޮސިންގް ކައިރީގައި ހުންނަ އެ ކުޑަކުޑަ ހޮސްޕިޓަލަކީ، ބިންހެލުމުގެ ކާރިޘާގައި ޒަޚަމްވި ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާ ދެމުންދާ ހޮސްޕިޓަލެކެވެ. އެއީ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތާށިވުމުގެ ސަބަބުން ލިބުނު ޒަޚަމްތަކެވެ.

ބިންހެލުމުގައި ސޫރިޔާއަށް އެންމެ ބޮޑު އަސަރެއް ކުރީ، އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮތް ސަރަޙައްދަށެވެ. ބިންހެލުން އައިތާ މާ ގިނަ އިރެއް ނުވެ، ޑޮކްޓަރުންގެ އެހީއަށް އެދި ގޮވަން ފެށިއެވެ. އެ ގޮވާލުމަށް ޑރ ޔަމާނީ އިޖާބަ ދިނެވެ. އޭގެ ފަހުން ހުއްޓިލުމެއް ނެތި އޭނާ އަވަދިނެތި އުޅެމުންދަނީ ސާޖަރީ ހެދުމާއި، ބަލި މީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު، ވީ އެންމެ ގާތަކުން ބެލުމުގެ މަސައްކަތުގައެވެ.

ދިގު ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން ޢުމްރާނީ ގޮތުން ބިކަވެފައި އޮތުމުގެ ސަބަބުން، އެންމެ ފުރިހަމަ ގޮތުގައި ސިއްހީ ފަރުވާ ދިނުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ޑރ ޔަމާނީ ބުނި ގޮތުގައި، އަނިޔާ ލިބިގެން އަންނަ ބައެއް ޕޭޝަންޓުންނަށް ދެވޭނެ އެއްވެސް ފަރުވާއެއް އެ ހޮސްޕިޓަލުގައި ނުވެސް ނެތެވެ.

ބިންހެލުމުގެ ކާރިޘާގައި ސޫރިޔާއަށް ލިބުނު ގެއްލުމުގެ ކަށަވަރު ތަފްސީލުތަކެއް އަދިވެސް އެންމެ ފުރިހަމައަކަށް ނުލިބެއެވެ. ބިން ހެލުން އައި ސަރަޙައްދަށް ދަތުރު ކުރުމުގައި އިދާރީ ގޮތުންވެސް އެތައް ހުރަހެއް ގިރާ ކުރަން ޖެހެއެވެ. ބިން ހެލުމާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ފޯރުކޮށްދެމުންދާ އެހީވެސް، އެންމެ ބޮޑަށް ހާލުގައި ޖެހުނު ސަރަޙައްދުތަކަށް އެކަށީގެންވާ ގޮތުގައި ފޯރަމުން ނުދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކީ ޑރ ޔަމާނީ ފަދަ ޑޮކްޓަރުންގެ އިޚުލާސްތެރި ޚިދުމަތަށް އެޅޭ ހުރަހަކަށް ނުހަދައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2023

"އަމާޒަކީ ކޮޅަށް ތެދުވުން": ޤައުމީ ޚިދުމަތުގައި 2 ފައި ބުރިވިއެއް ކަމަކު ޢަޒުމު ފިސާރި ވަރުގަދަ!

25 ޑިސެމްބަރު 2023
"އަމާޒަކީ ކޮޅަށް ތެދުވުން": ޤައުމީ ޚިދުމަތުގައި 2 ފައި ބުރިވިއެއް ކަމަކު ޢަޒުމު ފިސާރި ވަރުގަދަ!
30 އޮކްޓޯބަރު 2023

ގުނަވަންތައް ބުރިބުރިވިޔަސް ޤައުމީ ޚިދުމަތުގައި!

30 އޮކްޓޯބަރު 2023
ގުނަވަންތައް ބުރިބުރިވިޔަސް ޤައުމީ ޚިދުމަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް