Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރިއަށް ދާމީހުންގެ ތަޖުރިބާއަށް ބެލުމަށްފަހު އެޗްޑީސީން ޚިދުމަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް އެދިވަޑައިގެންފި

11 ފެބުރުއަރީ 2023 | ހޮނިހިރު 07:25

ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް ރައީސް ވަނީ އެދިވަޑައިގެންފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ފެބުރުއަރީ 2023 | ހޮނިހިރު 07:25
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރިއަށް ދާމީހުންގެ ތަޖުރިބާއަށް ބެލުމަށްފަހު އެޗްޑީސީން ޚިދުމަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެ ކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement - newsAdvertisement

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާ ވަންތަ ދިރިއުޅުންކަން ފާހަގަކުރައްވައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން ލިބެމުންއައި ކުޑަބަނޑޮސް ވެސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަތުލައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާކަން ފާހަގަކުރެއްވިއެވެ.

މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިމަތިވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމާއި މިއަދު ހުޅުވުނު ކުޑަގިރި ޕިކްނިކް އައިލެންޑާއެކު މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން އެފުރުޞަތު އަލުން ފަހިކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ.

ހަމަ އެހެންމެ މިރަށުގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތައް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2018

އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައިފި

27 އޮކްޓޯބަރު 2018
އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައިފި
24 އޮކްޓޯބަރު 2018

ގޯތި ދޫކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެޗްޑީސީން އަމަލުކުރާ ގޮތަށް ބަލާފައި:އޭސީސީ

24 އޮކްޓޯބަރު 2018
ގޯތި ދޫކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެޗްޑީސީން އަމަލުކުރާ ގޮތަށް ބަލާފައި:އޭސީސީ
17 އޮކްޓޯބަރު 2018

ކެމްޕޭނަށް ހަރަދު ކުރި ގޮތް ބަލަން އެޗްޑީސީން އިންޓާނަލް އޮޑިޓެއް ފަށައިފި

17 އޮކްޓޯބަރު 2018
ކެމްޕޭނަށް ހަރަދު ކުރި ގޮތް ބަލަން އެޗްޑީސީން އިންޓާނަލް އޮޑިޓެއް ފަށައިފި
15 އޮކްޓޯބަރު 2018

އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިންގ އަށް ހަރަދުތައް ކުރިތޯ ބެލުމަށް އޮޑިޓެއް ކުރަނީ!

15 އޮކްޓޯބަރު 2018
އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިންގ އަށް ހަރަދުތައް ކުރިތޯ ބެލުމަށް އޮޑިޓެއް ކުރަނީ!
15 އޮކްޓޯބަރު 2018

ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!

15 އޮކްޓޯބަރު 2018
ޕީޕީއެމް ކެމްޕެއިންގ އަށް އެޗްޑީސީން 30 މިލިއަނަށް ވުރެ ގިނަ އިން ހަރަދުކުރިކަން ހާމަވެއްޖެ!
11 އޮކްޓޯބަރު 2018

ނަންބަރު ދޫކުރާނީ އެޗްޑީސީން ކަމަށް ބުނި ނަމަވެސް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން ފަށައިފި

11 އޮކްޓޯބަރު 2018
ނަންބަރު ދޫކުރާނީ އެޗްޑީސީން ކަމަށް ބުނި ނަމަވެސް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން ފަށައިފި
28 ސެޕްޓެމްބަރު 2018

ކެމްޕެއިން ތެރޭގައި އެޗްޑީސީން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފި

28 ސެޕްޓެމްބަރު 2018
ކެމްޕެއިން ތެރޭގައި އެޗްޑީސީން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފި
20 ސެޕްޓެމްބަރު 2018

އެޗްޑީސީން ހައުސިންގ ޖޫރިމަނާތައް މާފުކޮށްފި

20 ސެޕްޓެމްބަރު 2018
އެޗްޑީސީން ހައުސިންގ ޖޫރިމަނާތައް މާފުކޮށްފި
31 ޖެނުއަރީ 2018

ފްލެޓް ގަތުމަށް އެޗްޑީސީން ހެދި ޕޯޓެލަށް ނުވަދެވިގެން ޝަކުވާ ބޮޑުވެއްޖެ

31 ޖެނުއަރީ 2018
ފްލެޓް ގަތުމަށް އެޗްޑީސީން ހެދި ޕޯޓެލަށް ނުވަދެވިގެން ޝަކުވާ ބޮޑުވެއްޖެ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް