Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަޒްނާ އަޙްމަދު

ރަށްރަށުގެ ގޮނޑުދޮށް ތަކަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދެން: ފަޒްނާ

10 ފެބުރުއަރީ 2023 | ހުކުރު 15:23

ދުންފަތުގެ އިސްތިޢުމާލުކުރުމަށްފަހު އެއްލާލާ ފިލްޓަރު ފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުޞަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއެއްގެ ގޮތުގައި ވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ފެބުރުއަރީ 2023 | ހުކުރު 15:23
ފަޒްނާ އަޙްމަދު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ފަޒްނާ އަޙްމަދު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި މިއަދު މެންދުރުފަހު ބޭއްވި 2 ވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މުސްތަޤްބަލުގައި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ސަމާސާކޮށް ކުޅެ ހެދުމުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުމަށްފަހު އެއްލާލާ ފިލްޓަރު ފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުޞަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ސޮނޭވާ ނަމޫނާ ޖަމިއްޔާގެ ފަރާތުން އާންމުންގެ މެދުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ފެސްޓިވަލަކީ ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމުގެ މަޤްޞަދާއެކު ސޮނެވާ ނަމޫނާއިން ކޮންމެ އަހަރަކު "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ. ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މިފަހަރުގެ ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތެއްވެސް ކުރިޔަށްގެންގޮސްފައިވެއެވެ.

"އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ވޯޓަރ ޕޯލޯ މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި މުބާރާތަކީ އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމަޢުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރެއިން ހިންގި ހަރަކާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ފެސްޓިވަލްގެ ތެރެއިން ތަމްރީނުވި ސްވިމިންގ އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ބައްލަވާލައްވާފައެވެ.

މި ފެސްޓިވަލުގައި، ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި 11 ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަސްވެނިވި އިންސްޓްރަކްޓަރުންނަށް މެޑަލް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ފެސްޓިވަލްގައި އިންސްޓަރަކްޓަރުން ވަނީ ބ. އަތޮޅު ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީގެ ބައިވެރިވުމާއެކު 200 ޒުވާނަކަށް ތަމްރީނު ދީފައެވެ.

ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްއެކެވެ. މިގޮތުން، މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވޭނެއެވެ.އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވަނީ ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

ސޮނެވާ ނަމުނާއަކީ ރިޑިއުސް، ރީސައިކަލް އަދި އިންސްޕަޔަރ ކުރުމުގެ ފަލްސަފާގެ ދަށުން ޒީރޯ ވޭސްޓް މުޖުތަމައުތަކެއް ދިވެހިރާއްޖޭގައި އުފެއްދުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. ތިން ރަށާއެކު 2019 ގައި ފެށި މި މަސައްކަތް މިހާރު ވަނީ ބ. އަތޮޅު، ނ. އަތޮޅު އަދި ހދ. އަތޮޅުގެ 21 ރަށަކަށް ފުޅާކޮށްފައެވެ. ސޮނެވާ ނަމޫނާ މަސައްކަތް ކުރަނީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ ބޮޑު މައްސަލައަށް އެރަށަކަށް އެންމެ އެކަށޭނެ ހައްލެއް އެރަށެއްގެ ބައިވެރިވުމާއެކު ހޯދުމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
29 ނޮވެމްބަރު 2017

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

29 ނޮވެމްބަރު 2017
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
01 ނޮވެމްބަރު 2017

ދުންފަތުގެ ނުރައްކާ ތަސްވީރު ހާމަކުރުމުގެ ގަވައިދު އެއީ ވަކި ދުވަހަކަށް ގެޒެޓު ކުރަން ނިންމާފައިވާ ގަވައިދެއް ނޫން: މިނިސްޓަރ ނާޒިމް

01 ނޮވެމްބަރު 2017
ދުންފަތުގެ ނުރައްކާ ތަސްވީރު ހާމަކުރުމުގެ ގަވައިދު އެއީ ވަކި ދުވަހަކަށް ގެޒެޓު ކުރަން ނިންމާފައިވާ ގަވައިދެއް ނޫން: މިނިސްޓަރ ނާޒިމް
28 އޮކްޓޯބަރު 2017

ޕީޕީއެމް އަންހެނުން ރަށްރަށުގެ ހޮޅިއަށިތަކުގައި "ޒުވާބު" ކުރަން އަބްދުއްރަހީމް ގޮވާލައްވައިފި

28 އޮކްޓޯބަރު 2017
ޕީޕީއެމް އަންހެނުން ރަށްރަށުގެ ހޮޅިއަށިތަކުގައި "ޒުވާބު" ކުރަން އަބްދުއްރަހީމް ގޮވާލައްވައިފި
25 އޯގަސްޓު 2017

ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ

25 އޯގަސްޓު 2017
ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
31 މެއި 2017

ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި: މިނިސްޓަރު

31 މެއި 2017
ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި: މިނިސްޓަރު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް