Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެޔޮދޫއިން ފެނުނު ފިސްތޯލަ

ކެޔޮދޫއިން ފިސްތޯލަ ފެނުނު މައްސަލަ ބެލުމަށް ސިފައިން އެރަށަށް ގޮސްފި

ފިސްތޯލަ ފެނިފައިވަނީ ކުދި ބަޔަކަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 ޖުލައި 2017 | ހޮނިހިރު 07:21
ކެޔޮދޫ އިން ފެނުނު ފިސްތޯލަ

ކެޔޮދޫ އިން ފެނުނު ފިސްތޯލަ

ވ. ކެޔޮދޫއިން ފެނުނު ފިސްތޯލައާ ގުޅޭ މައްސަލަ ތަހުގީގު ކުރުމަށް ސިފައިންގެ ތަހުގީގު ޓީމަކުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފް ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ޓީމެއް ރަށަށް ގޮސް އުޅޭ ކަމަށާއި ފިސްތޯލަ ފެނުނު ކުދިންގެ ބެލެނިވެރިންނާއި، އެ ފިސްތޯލަ ފެނުނު މީހުންނާ ސުވާލު ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސިފައިންގެ ފަސް ވަރަކަށް މީހުން މިކަން ތަހުގީގު ކުރުމުގައި ކެޔޮދޫގައި ހަރަކާތްތެރިވާ އިރު އެކަން ތަހުގީގު ކުރުމަށްޓަކައި ފުލުހުން ވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކެޔޮދޫއިން ފިސްތޯލައެއް ފެނިފައިވާ އިރު ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:30 ހާއިރު އެވެ.

ކެޔޮދޫ ބަނދަރު ސަރަހައްދުން ފިސްތޯލަ އެންމެ ފުރަތަމަ ފެނިފައި ވަނީ، އުމުރުން ގާތްގަނޑަކަށް 10 އަހަރުގެ ކުދި ބަޔަކަށެވެ. އެކުދިންނަށް ފިސްތޯލަ ފެނުނު އިރު، ފިސްތޯލަ އޮތީ ހުދުކޮތަޅެއްގަ އެވެ. ކޮތަޅަށް ލާފަ އޮތް އިރުވެސް ކޮތަޅުގެ ބޭރުންވެސް އެއީ ފިސްތޯލައެއްކަން އެނގޭ ކަމަށް ރަށުން ފިސްތޯލަ ފެނުނު މީހަކު ބުނެފައި ވެއެވެ.

ކުދި ބަޔަކަށް ފިސްތޯލަ ފުރަތަމަ ފެނުމުން، އެމީހުންނަށް ވުރެ އުމުރުން ތަންކޮޅެއް ދޮށީ ދެ ކުއްޖަކަށް ދެއްކި ކަމަށާއި އެދެކުދިން ވެގެން ފިސްތޯލަ އޮޅާފައި އޮތް ކޮތަޅު ނެގި އިރު ކަޅު ކުލައިގެ ފިސްތޯލައެއް އޮތް ވަނީ ފެނިފަ އެވެ.

އެ ޕިސްތޯލައަކީ އާއްމުކޮށް ކުޅެންގެން ގުޅޭ ފިސްތޯލަތަކަށް ވުރެ ބަރު އެއްޗެއްކަން އެ ފެނުނު ކުދިންނަށް އެނގުމުން، ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ރެސްޓޯރެންޓްގެ ތެރޭގައި ތިބި ބަޔަކަށް ދެއްކި ކަމަށް ރަށުން ވާހަކަ މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އޭގެ ފަހުން މިކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް މައުލޫމަތު ލިބެ އެވެ. އެއީ އަސްލު ފިސްތޯލައެއްކަން ކަށަވަރުކޮށްދިނީ އެ ރަށުގައި ޗުއްޓީ އަށް ގޮސް ހުރި ސިފައިންގެ މީހަކު ކަމަށް މައުލޫމަތު ލިބިފައި ވެއެވެ.

ކެޔޮދޫއިން ފިސްތޯލައެއް ފެނުނު ނަމަވެސް އޭގައި ވަޒަނެެތް ނެތެވެ.

މި ފިސްތޯލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކެޔޮދޫ އިން ފިސްތޯލައެއް ފެނުނު އިރު މިދުވަސްވަރަކީ ޢީދު ބަންދާ ދިމާކޮަށް ގިނަ ބަޔަކު އެރަށަށް ޢީދު ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ދުވަސްވަރެކެވެެ.

މީގެ ކުރިން ބ. ހިބަޅިދޫއިން ވެސް ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ގްރެނެއިޑާއި ރައިފަލްގެ ބައިތަކުގެ އިތުރުން ނުރައްކާތެރި އިތުރު ހަތިޔާރުތައް ވަނީ ފެނިފަ އެވެ. އެތަކެއްޗަކީ ސިފައިންގެ ބަނޑިގުދަނުން ފެނުނު ތަކެތި ކަމަށް އޭރު ވަނީ ހާމަކޮށްފަ އެވެ.

ކެޔޮދޫއިން ފެނިފައިވާ ފިސްތޯލައަކީ ވެސް ސިފައިންގެ ބަނޑިގުދަނުގައި ގެންގުޅޭ ފަދަ ފިސްތޯލަތަކާ ވައްތަރު ފިސްތޯލައެއް ކަަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހިބަޅިދޫ އިން ފެނުނު ހަތިޔާރު ނަގާފައިވަނީ އެރަށަށް ވަންނަ ނެރާއި ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ދަބަހެއްގެ ތެރޭގައި ހުއްޓައި އެވެ.

ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލައާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު