Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާގެ ކުޅުމާމެދު ކޯޗު ޒަވީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ

ޒަވީ ބުނީ އެންމެ ފަހުން ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު، ބާސެލޯނާ އިން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 07:02
ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ކޯޗު ޒަވީ

ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާ އިން ދައްކަމުން އަންނަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކުރި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ލިބުނު މޮޅާއެކު މިހާރު ބާސެލޯނާ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި، މެޗުގެ ނަތީޖާއާމެދު އުފާވާ ކަމަށެވެ. އަދި އެންމެ ފަހުން ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު، ބާސެލޯނާ އިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ޒަވީ ބުނީ ޖިރޯނާއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއެކު ކަމަށާއި، އެ މެޗުގެ އަމާޒަކަށްވީ މުހިންމު ވަގުތުގައި ބޯޅަ ގެއްލުވާނުލައި، ކުދި ކުދި ގޯސްތައް ނުހެދުން ކަމަށެވެ. އެކަން ބާސެލޯނާގެ ކުޅުންތެރިން ފުރިހަމަ އަށް އަދާކުރިކަން ފާހަގަކޮށް ޒަވީ ބުނީ، މެޗު ޑޮމިނޭޓުކޮށްގެން ކުޅުނީ ވެސް ބާސެލޯނާ އިން ކަމަށެވެ.

މީގެ އިތުރުން ޒަވީ ވަނީ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހި ރަފީނިއާގެ ވާހަކަ ވެސް ދައްކައިފަ އެވެ. ޒަވީ ބުނީ މެޗުގައި ރަފީނިއާ މޮޅު ކުޅުމެއް ދެއްކި ކަމަަށެވެ. ހަމައެކަނި ލަނޑު ޖެހުން ނޫން ކަން ފާހަގަކޮށް ޒަވީ ބުނީ ޑިފެންސިވް ގައި ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ރަފީނިއާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށާއި، އޭނާ އެތައް ބައިވަރު ކަންކަން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ ރަފީނިއާ ކުރަމުން އަންނަ މަސައްކަތާއި، އޭނާ ދައްކަމުން އަންނަ ކުޅުން ބާސެލޯނާއިން ފާހަގަކުރާ ކަމަށެވެ. އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ޕެޑްރީ ހަ ނަންބަރު ޖާޒީގައި ފެނުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޒަވީ ބާސެލޯނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެދިން އިރު އޭނާ ބޭނުންކުރީ ވެސް ހަ ނަންބަރު ޖާޒީ އެވެ. އެކަން ފާހަގަ ކުރަމުން ޒަވީ ބުނީ، އިތުރަށް އޭނާ އަށް ދެން ހަ ނަންބަރު ޖާޒީ ބޭނުން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އުންމީދަކީ ގިނަ އަހަރުތަކަކަށް ޕެޑްރީ އެ ޖާޒީ ބޭނުން ކުރުން ކަމަށެވެ. އިތުރަށް ޒަވީ ބުނީ ކުރިން ބާސެލޯނާ އަށް ކުޅުނު އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އަކީ ސްޕެއިންގައި އޭނާ އަށް ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށާއި، ޕެޑްރީ އަކީ ވެސް އެފަދަ ހުނަރުވެރި ކުޅުންތެރިޔެެއް ކަމަށެވެ.

ބާސެލޯނާ އަށް ކުރިއަށް އޮތީ ބުރަ މަސައްކަތެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ތިބެއްޖެ ނަމަ ބޭނުންވާ ކަންތައް ޙާސިލްވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ބާސެލޯނާ އިން މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައިވާއިރު، ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. މީގެ އިތުރުން އެ ޓީމު މިހާރު އޮތީ ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގަ އެވެ. މި ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގުގައި ވެސް ބާސެލޯނާ ވާދަކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު