Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު

އާބިދަށް ކުރާ ދައުވާ: ހެކިބަސް ނެގުން ނިންމާލައިފި

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2023 | އާދީއްތަ 09:06
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުމެވެ.

ހެކިވެރިޔާ ވިދާޅުވި ގޮތުގައި 5 ވަޅިއަކާއި އަންނައުނުގެ އިތުރުން، ޑީއެންއޭ ތަހުލީލަށް ބޭނުންވާ ސްވޮބްތަކެއް އޭނާ ވަނީ މި މައްސަލައާ ގުޅިގެން ތަހުލީލުކޮށްފައެވެ.

ހެކިވެރިޔާ ވަނީ ހެކިތައް ލިބުމުން، އޭގެ ތަހުލީލު ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު ތަފްސީލު ކޮށްދެއްވާފައެވެ.

މި މައްސަލައިގައި ދައުލަތުގެ ޝަފަހީ ހެކިންގެ ތެރެއިން 2 ހެއްކެއްގެ ހެކިބަސް އަދި ނެގިފައެއް ނުވެއެވެ. އެއީ ޑެތް ސަމަރީ ތައްޔާރު ކުރެއްވި ޑޮކްޓަރާއި އިތުރު ފަރާތެކެވެ. އެ ދެ ހެކިންނަކީވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކެއް ކަމުން، ޝަރީއަތަށް ހާޒިރު ކުރުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ނަމަވެސް އެ ހެކިންގެ ރިޕޯޓު ޝަރީއަތަށް ބަލައިގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އޭގެ އިތުރުން، އެ ދެފަރާތުގެ ހެކިބަސް އިތުރަށް ކުރިއަށް ނުގެންދެވުމަށްވެސް ގާޒީ ވަނީ އެކަށީގެންވާ ސަބަބާއެކު ނިންމަވާފައެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.

ދެން އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން އެއްމަސްތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.  

އާބިދު ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަަށާއި، ގަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު