Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ އިން ސްޕެޒިއާ ބަލި ކުރި މެޗުގައި ވިދާލީ ޑިބާލާ

މެޗުގައި ރޯމާގެ ދެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ އާޖެންޓީނާގެ ޕައުލޯ ޑިބާލާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖެނުއަރީ 2023 | ހޯމަ 06:53
އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު މެޗުގައި ޑިބާލާ ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު މެޗުގައި ޑިބާލާ ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ސްޕެޒިއާއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ މޮޅުވެއްޖެ އެވެ.

ސްޕެޒިއާގެ ދަނޑުގައި ކުޅުނު މެޗު ރޯމާ އިން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި ރޯމާގެ ދެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ އާޖެންޓީނާގެ ޕައުލޯ ޑިބާލާ އެވެ.

މެޗުގައި ރޯމާގެ ފުރަތަމަ ލަނޑު ޖެހީ އެލް ޝާރަވީ އެވެ. އެއީ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، ސްޕެޒިއާގެ އޭރިޔާ ތެރެއިން ޑިބާލާ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ރޯމާގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ޖެހީ ޓަމީ އަބްރަހަމް އެވެ. އެއީ 49 ވަނަ މިނެޓުގައި ސްޕެޒިއާގެ ކުޅުންތެރިޔަކި ޖައްސާލި ބޯޅައެއް ޑިބާލާ އަށް ލިބުމާއެކު އޭނާ އަބްރަހަމް އަށް ޖައްސާލުމުން، ސްޕެޒިއާގެ ޑިފެންޑަރަކު ކައިރިން ނައްޓައި، އެ ޓީމުގެ ކީޕަރުގެ ފައި ދަށުން ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޑިބާލާ އެވެ.

މެޗުން މޮޅުވެ ރޯމާ އޮތީ ލީގުގައި ކުޅުނު 19 މެޗުން 37 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި އޮތް އިންޓަ މިލާނަށް ވެސް ލިބެނީ 37 ޕޮއިންޓެވެ. އިންޓަ އިން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު