Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިހުގެ ދައުރުގެ މަސައްކަތްތައް

ރައީސް ކާމިޔާބީތައް ވިދާޅުވެދެއްވީ މަޝްރޫއުތަކުގެ ހިސާބުތަކުން

144 ރަށަކަށް 313 ޖެނަރޭޓަރު ސެޓު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2023 | ހޮނިހިރު 12:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން އަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމަނިކުފާނުގެ ދައުރުގެ ކާމިޔާބީތައް ވިދާޅުވެދެއްވީ ތަފާސްހިސާބުތަކުންނެވެ. މި ސަރުކާރަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ސަރުކާރަށް މަޝްރޫޢުތައް ނުހިންގޭ ކަމަށް ބުނާ އިރު މިހާތަނަށް ނިމުނު މަޝްރޫޢުތަކުގެ ތަފްސީލް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް ޞާލިހު އާ ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާކަމަށް ވިދާޅުވެފައެވެ. އެފަދަ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ސަރުކާރަކުން ނުހިންގާވަރަށް މަޝްރޫޢުތައް ހިންގާފައިވާ ކަމަށެވެ.

މިއީ އެންމެ ގިނަ މަޝްރޫޢުތައް ހިންގި ދައުރުކަމަށް ވާއިރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުން ފެނާއި ނަރުދަމާގެ 141 މަޝްރޫއު މި ދައުރުގައި ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެން ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 47 މަޝްރޫއު ހިންގާފައިވާ ކަމަށް އެމަނިކުފާނު ވަނީ ފާހަހަގަކުރައްވާފައެވެ. ސަރުކާރުން ކޮށްފައިވާ އިތުރުކަންކަމަށް އަލިއަޅުވާލައްވާ 144 ރަށަކަށް 313 ޖެނަރޭޓަރު ސެޓު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 1،578 ކްލާސްރޫމް ނިންމުމާއި ހިލޭ ޑިގްރީ އަށް ކިޔަވާދިނުން ފަދަ މުހިންމުކަންކަން ކުރައްވާފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން 16،000 އަށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީގެ ދަށުން ތައުލީމް ހާސިލްކުރި އިރު 6،529 ދަރިވަރުން ހިލޭ ޑިގްރީ ސްކީމުން ކިޔަވާ ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށިއްޖެ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން 17 މިސްކިތް އަޅާފައި ވާއިރު ކުޅުވަރުގެ ދާއިރާއިން ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން 57 ފުޓުބޯޅަ ދަނޑާއި، 61 ފުޓްސަލް ދަނޑާއި 47 ޖިމް އަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުހިއްމީ ހަމަޖެހިގެން އުޅެވޭނެ ގޮތާއި ދުޅަހެޔޮ ސިއްހަތާއި ފެންވަރު ރަނގަޅު ތައުލީމާއި ރަނގަޅު އާމްދަނީ އާއި ބޯހިޔާވަހިކަން ކަމަށެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކޮށްފައިވާ އަދި ކުރަމުން އަންނަ ބައެއް ކަންކަން ފާހަގަކުރައްވައި ރައީސް ވަނީ 5 ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރަމުންދާ ކަމަށާއި 130 އަށް ވުރެ ގިނަ ރަށަށް އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު