Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

"ޖަރުމަނުގެ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވޭނީ އެމެރިކާގެ ޓޭންކަރުތައްވެސް އެގައުމަށް ފޮނުވަންޏާ"

އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން ބުނަމުންދަނީ ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތަކަކީ މިވަގުތު ޔޫކްރެއިންގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ޓޭންކަރުތައް ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 09:54
ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ބޭނުންކުރުމަށް ޓޭންކަރު ފޮނުވުމުގައި ޖަރުމަނާއި އެމެރިކާއާ ދެމެދު ދެބަސްވުންތަކެއް ވަނީ އުފެދިފައި

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ބޭނުންކުރުމަށް ޓޭންކަރު ފޮނުވުމުގައި ޖަރުމަނާއި އެމެރިކާއާ ދެމެދު ދެބަސްވުންތަކެއް ވަނީ އުފެދިފައި

މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރެއިން ހަނގުރާމާގައި ޖަރުމަނުން އުފައްދާފައިވާ ލެޕަޑް ޓޭންކަރުތައް ބޭނުންކުރުމަށް ޔޫކްރެއިނަށް ފޮނުވޭނީ އެމެރިކާގެ އަބްރަމްސް ޓޭންކަރުތައްވެސް ޔޫކްރެއިނަށް ފޮނުވާނަމަ ކަމަށް ޖަރުމަނުން ބުނެފިއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހޫނުވުނެ، ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް ޓޭންކަރާއި ބަރު ހަތިޔާރު އެގައުމަށް ފޮނުވާދިނުމަށް ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކަށް ގޮވާލާފައެވެ.

އެގޮތުން އެމެރިކާއިން އުފައްދާފައިވާ އަބްރަމްސް ޓޭންކަރު އެގައުމަށް ފޯރުކޮށްދިނުމަށްވެސް ޔޫކްރެއިނުން ވަނީ އެމެރިކާގައި އެދިފައެވެ. ނަމަވެސް އެޓޭންކަރުތަކަކީ ޔޫކްރެއިންގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ޓޭންކަރުތައް ނޫންކަމަށް ބުނެ އެމެރިކާއިން ވަނީ އެގައުމުގެ އަސްކަރިއްޔާގައި ހުރި ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވަދޭން އެއްބަސްވެފައެވެ.

މީގެ އިތުރުން ފިންލޭންޑް އަދި ޕޮލެންޑުން ވަނީ އެގައުމުތަކުގައި ހުރި ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދޭން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ޖަރުމަނުން ވަނީ އެގައުމުން އުފައްދާފައިވާ ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ހުއްދަ އެގައުމުން ދޭނީ އެމެރިކާގެ ޓޭންކަރުތައްވެސް ޔޫކްރެއިނަށް ފޯރުކޮށްދޭ ނަމަކަމަށް ބުނެފައެވެ.

ޖަރުމަނުން މިގޮތަށް ޑިމާންޑްކޮށްފައިވާއިރު، އިނގިރޭސިވިލާތުންވެސް ވަނީ އެގައުމުން ބަރުހަތިޔާރު ހަނގުރާމައަށް ދޫކުރުމާ ދެކޮޅަށް ގެންގުޅުނު ސިޔާސަތު އުވާލާ، އެގައުމުގެ ޗެލެންޖަރސް ޓޭންކަރު ޔޫކްރެއިނަށް ފޯރުކޮށްދޭނެކަމަށް އިއުލާނުކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ޕެންޓަގަންގެ އެންމެ އިސް ޕޮލިސީ އެޑްވައިޒަރު ވަނީ ދެން އެމެރިކާއިން ޔޫކްރެއިނަށް ދިނުމަށް މަސައްކަތްކުރާ ދެ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖުގައިވެސް އަބްރަމްސް ޓޭންކަރު ހިމެނޭނެކަމަށް ގަބޫލުނުކުރާކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން ބުނަމުންދަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން އުފައްދާ އެގައުމުގެ އެކުވެރި ގައުމުތަކަށް ފޯރުކޮށްދިން ލެޕަރޑް ޓޭންކަރު ތަކަކީ މިވަގުތު ޔޫކްރެއިންގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ޓޭންކަރުތައް ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އެގައުމު އެއްކޮށް ސުންނާފަތި ނުވަނީސް އެގައުމަށް ބަރުހަތިޔާރާއި ޓޭންކަރުތައް ފޯރުކޮށްދިނުން އައްވަސްކޮށްދިނުމަށް ޔޫކްރެއިންގެ ރައީސް ވަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ލީޑަރުންގެ އަރިހުގައި މިހަފުތާގެ ބުދަ ދުވަހުވެސް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު