Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ފެށުން

ބޮޑުތިލަދުންމަތީގެ އިގްތިސާދީ ދޮރާށި، ހަނިމާދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

18 ޖެނުއަރީ 2023 | ބުދަ 17:17

މިއީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖެނުއަރީ 2023 | ބުދަ 17:17
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރައީސް ޞާލިހް (ކ) އަދި ޖައިޝަންކަރު (ވ) ފައްޓަވައިދެއްވަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރައީސް ޞާލިހް (ކ) އަދި ޖައިޝަންކަރު (ވ) ފައްޓަވައިދެއްވަނީ

ބޮޑުތިލަދުންމަތީގެ އިގްތިސާދީ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ. އެމަނިކުފާނުގެ އަރިހުގައި އިންޑިއާގެ އެކެސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ ރާއްޖޭގައި މާލެއިން ބޭރުގައި މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

އުތުރުގެ އަތޮޅުތަކުގައި، އެ މަޝްރޫއާ އެކު ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައްހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރި އާއި އިގުތިސާދަށް އާރޯކަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާ އެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަކަމާ އެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2024 ގައި އެ މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށޭނެއެވެ.

މި އެއާޕޯޓް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫން ވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސާދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

50 ވަނަ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު އޮންނާނީ އުއްމީދުގެ ދޮރާށި ހުޅުވިފައި:ޝާހިދު

12 ނޮވެމްބަރު 2017
 50 ވަނަ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު އޮންނާނީ އުއްމީދުގެ ދޮރާށި ހުޅުވިފައި:ޝާހިދު
12 ނޮވެމްބަރު 2017

ގައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށި ކުރުން:ރައީސް ޔާމިން

12 ނޮވެމްބަރު 2017
ގައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށި ކުރުން:ރައީސް ޔާމިން
06 ނޮވެމްބަރު 2017

އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު

06 ނޮވެމްބަރު 2017
އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު
02 ނޮވެމްބަރު 2017

ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ

02 ނޮވެމްބަރު 2017
ވާނުވާ ނޭނގޭ އިގްތިސާދީ މާހިރަކަށް ހެދިގެން އުޅޭ ޖާހިލަކަށް ރައްޔިތުން ވޯޓު ނުދޭނެ: ރޮޒައިނާ
22 އޮކްޓޯބަރު 2017

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ

22 އޮކްޓޯބަރު 2017
އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ
12 އޮކްޓޯބަރު 2017

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

12 އޮކްޓޯބަރު 2017
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ
23 ސެޕްޓެމްބަރު 2017

އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު

23 ސެޕްޓެމްބަރު 2017
އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު
07 ޖޫން 2017

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017
ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ
02 ޖޫން 2017

ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް

02 ޖޫން 2017
ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް
20 މެއި 2017

ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް

20 މެއި 2017
ކޮޅުވެއްޓި މާދަމާ ރެޔަށް ނުފެނިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވާނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް