Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ޔާމީނަށް ތާއީދު ކުރާކަން ނަޝީދު ފާޅުގައި ހާމަކުރުމުގެ ސިއްރަކީ ކޮބާ؟؟!!

ރައީސް ނަޝީދު ޕްރޮމޯޓް ކުރުމުގެ ހަރަކާތް ޕީޕީއެމް އެކްޓިވިސްޓުންވެސް މިހާރު ހިންގާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 14:22
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި އިންތިހާއަށް ބޮޑުވެފައިވާއިރު ދެ ކެނޑިޑޭޓުންގެ ފަރާތުން ތަފާތު ވާހަކަތައް ދަނީ ޢާއްމު ކުރަމުންނެވެ. ދެފަރާތުން ބަހުގެ ހަމަލާތަކާއި ރައްދުތައްދަނީ ކެނޑިނޭޅި ދެމުންނެވެ. ދެ ރައީސުންނަށް ތާއީދު ކުރާ ފަރާތްތަކުންވެސް މިހާރު އެއްބަޔަކު އަނެއް ބަޔަކަށް ނުގޮވާކަ އެއްޗެއް ނެތެވެ.

ރައީސް މުހައްމަދު ނަޝީދުގެ ފަޅިން އަދި މުޅިން ތަފާތު ކަމެއް ފެންނަން ފަށައިފިއެވެ. އެމަނިކުފާނު ޕްރޮމޯޓު ކުރުމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މީހުންނާއި އެޕާޓީތަކުގެ ސޯޝަލް މީޑިޔާގެ އެކްޓިވިސްޓުން ހަރަކާތްތެރިވާތަނެވެ. އަދި ކުރިން އެމަނިކުފާނަށް ވަރަށް ހަޑިހުތުރުކޮށްވެސް ފާޑު ކިޔަމުންދިޔަ އެފަދަ އިދިކޮޅު އެކްޓިވިސްޓުންދަނީ އެމަނިކުފާނަށް ހުޝާމިދު ކުރުމާއި އެމަނިކުފާނުގެ ފިކުރު ދިރުވުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އަދި އެފަދަ ފަރާތްތައް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުންވެސް ފެންނަމުން ދެއެވެ.

މިހެން މިކަން އޮއްވައި ހޯމަ ދުވަހު ރައީސް ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުޅިން އެހެން ވާހަކައެއް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ގިނަބަޔަކު ޤަބޫލު ކުރާގޮތުގައި އެއީ ބޮޑުތަނުން ތަފާތު އަދި އޭގައި ފޮރުވިފައިވާ ލައްކަ ވާހަކަތައް ހިމެނޭ ވާހަކައެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މާ ގާބިލުކަމަށެވެ. އެޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ ޔާމީނަކީ "ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ" ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ޔާމީނާ އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށެވެ.

"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް. އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.

އަދި ރައީސް ސާލިހަށް އިޝާރާތްކުރައްވައި އެމަނިކުފާނަކީ އެފަދަ ބޭފުޅެއްކަމަކަށް ނުދެންނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް އެ ގޮތެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ އޮތް ހަމައެކަނި ޚިޔާލް ތަފާތު ވުމަކީ އިންޑިއާއައުޓް ކެމްޕޭން ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓްތަކަކީ އިންޑިއާގެ އެހީތެރިކަމުގައި އަދި އެޤައުމުގެ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށްވާއިރު ރައީސް ސާލިހުގެ އެފަދަ ތަރައްޤީގެ މަޝްރޫޢުތައް ލަސްކަމަށް ވިދާޅުވާ ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ހިންގާ މިފަދަ ކަންކަމަކީ ވަރަށް ހުތުރު ކަންކަން ކަމަށާއި ގައުމެއް އައުޓޭ ކިޔައިފައި އެކަހަލަ "ޒެނޮފޯބިކް" ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ގެ މައްސަލާގައި ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވަން ޔާމީނަށް ގުޅުއްވައި ތަކުރާރުކޮށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އެކަމާ މެދު ޔާމީން ވިސްނަވައި، އެ ހިޔާލު ދޫކޮށްލެއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.

"އިންޑިއާއާ ދެކޮޅަށް ހިންގާ މިފަދަ ކަންކަމަކީ ވަރަށް ހުތުރު ކަންކަން. ކިހިނެއްތޯ، ގައުމެއް އައުޓޭ ކިޔައިފައި އެ ކަހަލަ "ޒެނޮފޯބިކް" ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ކުރިން ވަރަށް ބޮޑަށް ޕީޕީއެމްއަށާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ވަޑައިގެންނެވި ނަޝީދު ވިދާޅުވީ ޕީޕީއެމާއި ޔާމީނާމެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުންވެސް އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރައީސް ޔާމީނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާ ނަޝީދު މިހާ ފާޅުކަން ބޮޑުގޮތެއްގައި މިގޮތަށް ވިދާޅުވި މީ ފުރަތަމަ ފަހަށެވެ.

ކޮންމެއަކަސް ރައީސް ނަޝީދުގެ މިވާހަކަތަކާއެކު ސޯޝަލް މީޑިއާއާއި އޮންލައިން ނޫސްތަކުގެ ކޮމެންޓްތަކުގައި ޕީޕީއެމް އަދި ޕީއެންސީ ސަޕޯޓަރުން އެމަނިކުފާނަށް ތައުރީފް އޮއްސަމުންދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ ފަރާތްތަކާއި ބައެއް އާއްމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީންއަށް މިފަދަ ގޮތަކަށް ތާއީދު ކުރެއްވުމުގެ ފަހަތުގައި ބޮޑު ސިއްރުތަކެއް އެކުލެވިގެންވާނެކަމަށްބުނެ އެއްބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު