Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ތަރައްޤީ

އައްޑޫގެ އެއަރޕޯޓުގެ މަސައްކަތް އޮތީ ފައިނަލް އިވެލުއޭޝަން މަރުހަލާގައި، ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރާނެ: ރައީސް

13 ޖެނުއަރީ 2023 | ހުކުރު 12:58

އެ ސިޓީގެ ބަނދަރުތައް ހެދުމާއި މަގު ހެދުމުގެ އިތުރުން ކަރަންޓު ވިއުގައިގައިގެ މަސައްކަތް ވެސް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖެނުއަރީ 2023 | ހުކުރު 12:58
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

އައްޑޫގެ އެއަރޕޯޓް ތަރައްޤީ ނުވެ އައްޑޫ ސިޓީ އަށް ތަރައްޤީ ނުގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ހުކުރު ދުވަހު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޞާލިހު ވަނީ އައްޑޫގެ ތަރައްޤީ އާއި އެ ސިޓީގެ އެއަރޕޯޓާއި ވަަރަށް ބޮޑަށް ގުޅިފައިވާކަމަށް ވިދާޅުވެފައެވެ. އެއަރޕޯޓުގެ ޓެކްނިކަލް އިވެލުއޭޝަން ނިމިފައިވާ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ފައިނަލް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލަސްނުވެ އެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރާނެ ކަމަށެވެ.

އައްޑޫސިޓީގެ ތަރައްޤީ އަށް މި ސަރުކާރުން އިސްކަން ދެއްވާ ކަމަށާއި އެ މަސައްކަތް ދޫކޮށް ނުލައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ސިޓީގެ ބަނދަރުތައް ހެދުމާއި މަގު ހެދުމުގެ އިތުރުން ކަރަންޓު ވިއުގައިގެ މަސައްކަތް ވެސް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ކަރަންޓް ވިއުގައިގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަގުތައް ހަދަމުން ދަނީ ރަނގަޅު ޕްލޭންއަކާއި އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު އަކީ ލިންކްރޯޑަށް ފަހު އެ ސިޓީގައި ކުރެވޭ އެންމެ ބޮޑު ތަރައްޤީގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތްތައް ނިމުމުން އެ ސިޓީ އަށް ޓުއަރިޒަމްގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫގެ ކަންކަން ކުރީ ޕްލޭނެއް ނެތި ކުއްލި ކުއްލި އަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަރައްްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ސަރުކާރަށް ގިނަ ގޮންޖެހުންތަކާއި ދިމާވި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހިފަހައްޓަން ސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފްސީލަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. 2008ގައި ވެސް ރާއްޖެ އަށް އިގްތިސާދީ ގޮންޖެހުންތަކައި ދިމާވި އިރު އޭރު އަމަލު ކުރި ގޮތުން އާއްމުންނަށް އެތައް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭރު ކަން ކުރި ގޮތާއި މިހާރު ކަންކުރި ގޮތާއި ހުރި ތަފާތުތައް ފާހަގަކުރެވޭނެ ކަަމަށް ރައިސް ވަނީ ވިދާޅުވެފައެވެ. އަދިވެސް ދުނިޔޭގެ އިގްތިސާދު ރަނގަޅު ނުވާ ކަމަށާއި ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރާނީ ރައްޔިތުންގެ މަސްލަހަތަށް ބަލައިގެން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީއެމްޑީޕީގެ ރިޔާސީ ޕްރައިމަރީއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް