Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތައް

ނޮވެމްބަރު މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތައް

ނޮވެމްބަރު މަހު އެ މިނިސްޓްރީއަށް ޖުމްލަ 252 މައްސަލަ ހުށަހަޅާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2023 | އާދީއްތަ 12:15
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

2022 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން, ނޮވެމްބަރު މަހު އެ މިނިސްޓްރީއަށް ޖުމްލަ 252 މައްސަލަ ރިޕޯޓުކޮށް އެޓެންޑުކޮށްފައިވެއެވެ. މީގެ ތެރެއިން 107 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރޭގައި; އިހުމާލުވުމުގެ 28 މައްސަލައާއި، ޖިންސީ ހާނީއްކައިގެ 25 މައްސަލައާއި، ޖިސްމާނީ ހާނީއްކައިގެ 18 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލައާއި، ނަފްސާނީ ހާނީއްކައިގެ 9 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލައާއި، ބްލެކްމެއިލް ކުރުމުގެ 2 މައްސަލައާއި، ކުޑަކުދިންނަށް ޖިންސީގޮތުން ގްރޫމްކުރުމުގެ 2 މައްސަލައާއި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 1 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، އަދި ނަހަމަ ގޮތުގައި ވިޔަފާރީގެ ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 50 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާގުޅޭ 10 މައްސަލައާއި، ޖިންސީ ހާނީއްކަ ކުރުމުގެ 2 މައްސަލައާއި، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 2 މައްސަލަ، އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިނިސްޓްރީން ބުނީ، އާއިލީ މައްސަލަތަކާ ގުޅުންހުރި 18 މައްސަލައެއް ނޮވެންބަރ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި; ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 5 މައްސަލަ، އަދި ހަލާނާތުގެ 5 މައްސަލަ ވަނީ ހުށަަހަޅާފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާގުޅޭ 25 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 4 މައްސަލައެކެވެ. ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމާގުޅޭ 2 މައްސަލަ ނޮވެންބަރ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިނިސްޓްރީން ބުނީ، ކުޑަކުދިންގެ އަޚުލާގާއި ގުޅުންހުރި 20 މައްސަލަ ނޮވެންބަރ މަހު ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލައާއި، ސުލޫކީ 4 މައްސަލައާއި، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލައާއި، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލައާއި، އެހެން ކުދިންނަށް ގަނާކުރުމުގެ 2 މައްސަލައާއި، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ އަދި އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 5 މައްސަލަ ނޮވެންބަރ ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ، އައިޑީ ކާޑު ޕާސްޕޯޓް ފޯރުކޮށްނުދިނުމުގެ 1 މައްސަލަ، އަދި ސިއްހީ ފަރުވާ ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ނޮވެންބަރ މަހު 3 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން އިތުރަށް ބުނީ، ނޮވެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 189 ކުދިން ކަމަށެވެ. ނޮވެމްބަރ މަހު ދައުލަތަށް އަލަށް 7 ކުއްޖަކު ނަގާފައިވާއިރު، 1 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، އަދި 18 އަހަރު ފުރުމާ ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދައިދީފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު