Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޫރިމަނާ ކުރުން

ޖޫރިމަނާ ކުރުމުގައި ވަކި ގައުމެއްގެ އުޅަނދެއްތޯއެއް ނުބަލާނެ: ނައީމް

މަރުހަލާތަކާއި އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2023 | ހޮނިހިރު 10:02
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް

ޖޫރިމަނާ ކުރުމުގައި ވަކި ގައުމެއްގެ އުޅަނދެއްތޯ ނުބަލާނެކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ނައީމް ވިދާޅުވީ، ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އޭރު އެކި ގޮތްގޮތަށް މީހުން ވާހަކަދައްކާފައި ވާކަމަށެވެ. އެފްކޮންސްއަށް ވުމުން ޖޫރިމަނާކުރަން ނުކެރޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށާއި، އެއީ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަރުހަލާތަކާއި އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާކަމަށާއި އަދި ވަކި ގައުމެއްގެ އުޅަނދެއްތޯ ބެލުމެއް ނެތި ފިޔަވަޅު އަޅާކަމަށްވެސް ނައީމް ވިދާޅުވިއެވެ.

ޖޫރިމަނާ ކުރުމުން ކޮންމެ ފަރާތަކަށްވެސް އަމިއްލައަށް ދިރާސާ ކުރުމުގެ ފުރުސަތު އޮންނަކަމަށާއި، އެހެންނަމަވެސް އީޕީއޭއިން ބަލާނީ އީޕީއޭއިން ކުރާ ދިރާސާއަށްކަން ނައީމް ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެފްކޮންސް ޖޫރިމަނާކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށްފައިވާއިރު، އިސްތިއުފާނަށް މިނިސްޓަރަށް ހުށަހެޅިޔަސް ވަކި މުއްދަތެއް ނޯންނަ ކަމަށާއި، އާންމުކޮށް 30 ދުވަހުގެ ތެރޭގައި މިނިސްޓަރު އެ މައްސަލަ ރިވިއުކުރައްވާނެ ކަމަށް ނައީމް އިތުރަށް ވިދާޅުވިއެވެ.

ނައީމް މިފަދައިން ވިދާޅުވެފައިވާއިރު، އެފްކޮންސް ކުންފުނިން އެންވަޔަރަމަންޓް މިނިސްޓްރީއަށް މި ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ.

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ "ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް" (އެސްއީޕީ)، ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، ބްރިޖުގެ މަސައްކަތްކުރަމުންދާ އެފްކޮންސް ޖޫރިމަނާކުރަން އީޕީއޭއިން ނިންމީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާއިންނެވެ. އީޕީއޭއިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި މި ފައިސާ އީޕީއޭއަށް ދެއްކުމަށް އެފްކޮންސްއަށް އަންގާފައެވެ. އެގޮތަށް އަންގާފައިވަނީ ނޮވެމްބަރު މަހުގެ 13ގައެވެ.

އީޕިއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕްލެޓްފޯމުގެ ވެރިފަރާތާއި އެ އިދާރާ ގުޅިގެން ސަރވޭއެއް ކުރިކަމަށާއި، 14-22 އޮކްޓޯބަރަށް އެފްކޮންސްއިން ކުރި ދިރާސާގައި އެ އެޖެންސީގެ އޮބްޒަރވަރުން ބައިވެރިވެފައި ވާނެކަމަށެވެ. އެގޮތުން ބެލި ބެލުމުން، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމަދިމާއިން އެކިވަރުގެ ގެއްލުން ލިބިފައިވާކަން އެނގިފައިވާކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން ބުނީ 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފަރުގައި 10 ފޫޓުގެ ފުންމިނުގެ ބޮޑެތި ވަޅުގަނޑުތައްވެސް ވަނީ ހެދިފައެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ ޕްލެޓްފޯމު ފަރަށް އެރިތާ 12 ދުވަސް ފަހުން، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު