Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނާތުގެ ދައުވާއިން ދިފާއުވުމަށް އައު ހެކިތަކެއް ލިބިފައިވާކަމަށް ޔާމީނުގެ ފަރާތުން ވިދާޅުވެއްޖެ

މި އަޑުއެހުމުގައި ޝަރީއަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 06:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކުރިން އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ބައްލަވަމުން ގެންދެވި މި މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ.

އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް މި މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ.

އެ 3 ގަޒިއްޔާގެ އަޑުއެހުންތައް އެކުއެކީގައި ކުރިއަށްދިޔަ މި އަޑުއެހުމުގައި ޝަރީއަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.

އެންމެ ފުރަތަމަ ދައުލަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ކިޔާދެއްވާފައެވެ. އެގޮތުން ދައުވާލިބޭ އެންމެހާ ފަރާތްތަކުގެ ބައިގައިވެސް އިބްތިދާއީ މަރުޙަލާ ކުރިއަށް ގޮސް، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައި، އެ ހުށައެޅުންތަކަށް ރައްދު ދީފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.  

ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުންކަން އޭރު އިސްގާޒީ ޝަކީލު ވިދާޅުވެފައިވާކަން ދައުލަތުން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް ޔާމީނުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަ ދައްކާފައިވާކަން އެ ފަރާތުގެ ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައާ ގުޅިގެން ތަފްސީލީ ގޮތެއްގައި ހުށައެޅުންތައް ހުށައަޅައި، ރައްދުވެސް ދެވިފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކްރިކް ރިޒާގެ ވަކީލު ވިދާޅުވީ، މި މައްސަލަ ކުރިއަށް ދަނިކޮށް އިސްގާޒީ ޝަކީލު ތަނާޒުލްވެވަޑައިގެންނެވި ސަބަބަކީ ކޮބައިތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ. އަދި ގާޒީ އަލީ ނަދީމަކީ ކުރިން އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތެއްކަންވެސް އޭނާގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އަަމަލު ކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން ގާޒީ ބަދަލުވުމުގެ ލިއުން ދައުވާލިބޭ ފަރާތްތަކަށް ހިއްސާ ކޮށްދެއްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މައްސަލަ ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ކްރިކް ރިޒާގެ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ދިފާއުން އަދި ފާހަގަކުރަން ބޭނުންވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ވަކީލުން ބަދަލުވުމަށްފަހު، ޝަރީއަތުގެ ކުރީގެ ބައެއް ހުށައެޅުންތައް އެއްކޮށް ހުށައެޅުމަށް އެ ފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށާއި، އެކަން ކޯޓަށްވެސް އަންގައި ސިޓީއެއް ފޮނުވާފައިވާނެކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ކްރިކް ރިޒާގެ ވަކީލު ވިދާޅުވީ، ކޯޓުގެ އެދުމުގެ މަތިން ފަހުން އަލުން ހުށައެޅުންތައް ކޯޓަށް ލިއުމުން ހުށައަޅާފައިވާނެ ކަމަށާއި، ނަމަވެސް ޝަރީއަތުގައި އެ ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތު އަދި ލިބިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް، ކްރިކް ރިޒާގެ ފަރާތުން މަސައްކަތް ކުރީ ހުށައަޅާފައިވާ ފޯމުތަކުގައި ނެތް ނުކުތާތަކެއް ހުށައެޅުއްވުމަށް ކަމަށާއި، ދައުލަތުން އެކަމަށް އޭރު އިއުތިރާޒު ކޮށްފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ސަން ކޮންސްްޓްރަކްޝަންގެ ފަރާތުން ޝަރީއަތް ކުރިއަށް ގޮސްފައިވާ ހިސާބު ވަނީ ކިޔާދީފައެވެ. އެގޮތުން ކުންފުނިން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދައުލަތުން ދީފައިވާ ރައްދު ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

މިއަދާ ހަމައަށްވެސް ދައުލަތުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ގެ ފަރާތުން ހުށައެޅި ހުށައެޅުންތަކަށް ރައްދު ލިބިފައިނުވާކަމަށް އެ ކުންފުނީގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހުށައެޅުންތަކަށް އަނގަބަހުން ރައްދު ދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ސަން އިންވެސްޓްމަންޓުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ބަހުސް ކުރެވިފައިވާ ކަމަށާއި، އެ ކުންފުނީގެ ފަރާތުން ހެކި ހާމަ ކުރުމާބެހޭ ހުށައެޅުންތަކެއް ހުށައަޅާފައިވާނެ ކަމަށެވެ. މި މައްސަލަ މިހާރު އޮތީ ހުށައެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުޙަލާގައިކަން ކުންފުނީގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަަލައާ ގުޅޭގޮތުން 6 ޖުލައި 2022 ވަނަ ދުވަހު ދައުލަތުން ވަނީ ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެކަން ބަޔާން ކުރައްވައި މި އަޑުއެހުމުގައި ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި، އެއީ ކްރިކް ރިޒާގެ ފަރާތުން ބޭރުގެ ކުންފުންޏަކާ ގުޅިގެން ހުށައަޅާފައިވާ ލިއުންތަކަކީ ސައްޙަ އެއްޗެއް ނޫންކަން ސާބިތު ކޮށްދިނުމަށް ހުށައަޅާފައިވާ ލިއުންތަކެއްކަމަށެވެ.  

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅޭ އައު ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށާއި، ވުމާއެކު އެ ހެކިތައް ހުށައެޅުމަށް ފުރުސަތެއް ދިނުމަށް އެދޭ ކަމަށެވެ.  

ކްރިކް ރިޒާގެ ވަކީލުވެސް ވަނީ ދައުލަތުން އައު ލިއުންތަކެއް ހުށައަޅާފައިވާއިރު، ދިފާއަށްވެސް އެ ހުށައެޅުންތަކަށް ރައްދު ދީ އައު ހުށައެޅުންތަކެއް ހުށައެޅުމަށް ފުރުސަތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ގާޒީ އަލީ ނަދީމް މި މައްސަލައިން ތަނާޒުލްވެވަޑައިގަންނަަވަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އޭރު އަދީބުގެ ވަކީލެއްގެ ގޮތުގައި އަލީ ނަދީމް މަސައްކަތް ކުރައްވާފައިވުމާއި، އަހުމަދު އަދީބަކީ މި މައްސަލައިގެ މައި ހެއްކަކަށްވާއިރުު، މަސްލަހަތު ފުށުއެރުންތަކެއް އަންނަކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ.

ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގައި ނިންމާ ނިންމުމެއްގެ ސަބަބުން އަދީބަށް ލިބޭނެ ފައިދާއެއް ނުވަތަ ގެއްލުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ގާޒީ ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ކުރެވުނު އެއްވެސް ކުށަކާ ގުޅިގެން ކޯޓަށް ވަޑައިގެންފައި ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ޖިނާއީ ކުށަކާ ގުޅިގެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.

ވަކީލެއްގެ ގޮތުގައި އުޅުއްވާފައިވާނީ އޭނާގެ ބަންދު އިސްތިއުނާފު ކުރުމާ ބެހޭ މައްސަލައެއްގައި އެކަނި ކަމަށާއި، ވުމާއެކު މަސްލަހަތު ފުށުއަރާ ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.  

އެހެންނަމަވެސް، ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، އެކަމާ މެދު ނިންމަވާ ގޮތެއް ދެން އޮންނަ އަޑުއެހުމެއްގައި އަންގަވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ އައު ލިއެކިއުންތައް ދައުވާލިބޭ ފަރާތްތަކަށް ރައްދު ކުރެއްވުމަށްފަހު، ރައްދު ކުރާ ދުވަހުން ފެށިގެން އައު ހުށައެޅުމެއް ހުށައަޅަން ބޭނުންނަމަ 5 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، އައު ހުށައެޅުމެއް ނެތްނަމަ ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުން ކަމަށެވެ.

އަދި މައްސަލަ ގޮސްފައިވާ ހިސާބު އިތުރަށް ދިރާސާ ކުރެއްވުމަށްފަހު، އަހުމަދު ކްރިކް ރިޒާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ހުށައެޅުމުގެ ފުރުސަތު ދެވެން އޮތްނަމަ ދެއްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ

ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ

18 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު