Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބަޕޭ

އެމްބަޕޭ އަށް ރެއާލް އިން ޝައުގުވެރިވާ ކަމަށް އެ ކްލަބްގެ ރައީސް ވިދާޅުވެއްޖެ

28 ޖޫން 2017 | ބުދަ 07:04

އެމްބަޕޭއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް

ލީވާން އަލީ
ލީވާން އަލީ | 28 ޖޫން 2017 | ބުދަ 07:04
މޮނާކޯ އަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ

މޮނާކޯ އަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ

އެމްބަޕޭ އަށް ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެރޭޒް ވިދާޅުވީ އެބަޕޭއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށާއި، ކޯޗު ޒައިނުއްދީން ޒިދާނަށްވެސް އޭނާ ކަމުދާ ކަމަށެވެ. އެހެން ނަމަވެސް ޕެރޭޒް ވިދާޅުވީ އުމުރުން 18 އަހަރުގެ އެމްބަޕޭ ރެއާލް އަށް އައިސް ފުރަތަމަ އެގާރައިން ޖާގަ ހޯދަން އުނދަގޫވާނެ ކަމަށް ދެކޭ ކަމަށާއި، ބެންޗުގައި ބަހައްޓަން ކްލަބަށް ގެންނަން ބޭނުންނުވާ ކަމަށެވެ.

އެގޮތުން އޭނާ ބުނީ އެމްބަޕޭއާ މެދު ވިސްނަމުން އަންނަ ކަމަށާއި، ކްލަބުން ޖާގައެއް ދިނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ރެއާލް އިން އަންނަނީ އެމްބަޕޭ ހޯދުމަށް 135 މިލިއަން ޔޫރޯއަށް ވުރެ އަގުހުރި ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

އެމްބަޕޭ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.

މިދިޔަ އަހަރު މޮނާކޯއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އެމްބަޕޭ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަން އަދި ކަށަވަރެއް ނުވެއެވެ.

އުމުރުން 18 އަހަރުގެ އެމްބަޕޭ މޮނާކޯއާ އެކު އޭނާގެ ސީނިއާ ކެރިޔަރު ފަށާފައިވާއިރު، މިހާތަނަށް އޭނާ ވަނީ އެޓީމާ އެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 58 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު މި ސީޒަނުގައި ލީގުވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް