Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްކޮންސް އެކޮމޮޑޭޝަނެއްގައި ރޯވުން

ކަށިތަކަކީ ގެއްލުނު މީހާގެ ކަށިތަކެއްކަން ކަށަވަރުކުރެވޭނީ ޑީއެންއޭ ހައްދައިގެން: އެފްކޮންސް

އެކޮމޮޑޭޝަން ބްލޮކްގައި 457 މީހުން ދިރިއުޅެމުން އައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 02:29
ގުޅިފަޅު އަލިފާން

ގުޅިފަޅު އަލިފާން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުން ފެނުނު ކަށިތަކަކީ، އެތަނުން ގެއްލުނު މީހާގެ ކަށިތަކެއްކަން ކަށަވަރު ކުރެވޭނީ ޑީއެންއޭ ޓެސްޓުތަކަށްފަހުކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފަޅުގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގީ، ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ މުވައްޒަފުން ބައިތިއްބާ އެކޮމަޑޭޝަން ބްލޮކެއްގައެވެ. މި އެކޮމޮޑޭޝަން ބްލޮކްގައި 457 މީހުން ދިރިއުޅެމުން އައި ކަމަށް އެފްކޮންސް އިން ބުނެއެވެ.

Advertisement - newsAdvertisement

އަލިފާނުގެ ޙާދިސާގައި އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅުނު ގިނަ ބަޔަކަށް އެކި ކަހަލަ އަނިޔާތައް ލިބިގެން ފަރުވާ ދީފައިވެއެވެ. އެގޮތުން ހޮސްޕިޓަލަށް ގެންދިޔަ 78 މީހުންގެ ތެރެއިން، 32 މީހުން އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ. އަދި 4 މީހެއް އޮޕަރޭޝަން ކޮށްފައިވެއެވެ.

މި ހާދިސާގައި މީހަކު ގެއްލިގެން އުޅޭކަން އެނގިފައިވަނީ، ހެޑް ކައުންޓާއި ސައިޓްގައި މަސައްކަތް ކުރާ އެހެން މީހުން ދިން މައުލޫމާތުންނެވެ. އެހެންކަމުން އެ ސައިޓް އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްކަމަށް ބެލެވޭ ބައިތަކެއް ވަނީ ފެނިފައެވެ.

އެފްކޮންސްއިން ބުނީ ފެނުނު ހަށިގަނޑުގެ ބައިތަކަކީ ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއްކަން ކަށަވަރުވާނީ ޑީއެންއޭ ޓެސްޓަށް ފަހުގައިކަަމަށެވެ. އަދި އެ ޓެސްޓްތައް ހަދަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެފްކޮންސްއިން ބުނީ، ގެއްލުނު މީހާގެ އާއިލާއަށް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިކަމާއި ގުޅިގެން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވެސް އާއިލާއަށް ދެމުންދާކަމަށެވެ.

އެފްކޮންސް

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2024

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
15 ޖެނުއަރީ 2024

އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު

15 ޖެނުއަރީ 2024
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
08 މެއި 2023

ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ

08 މެއި 2023
ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ
21 ޑިސެމްބަރު 2022

ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން އިތުރު ކަށިތަކެއް ފެނިއްޖެ

21 ޑިސެމްބަރު 2022
ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން އިތުރު ކަށިތަކެއް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު