Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގ

އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ: ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަަމަށް ބެލެވޭ ބައިތަކެއް ފެނިއްޖެ

މި އެކޮމޮޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 14:34
ގުޅީ ފަޅު އަލިފާން

ގުޅީ ފަޅު އަލިފާން

ގުޅީފަޅުގައި ހުންނަ, ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި އުޅުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.

ފެނިފައިވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އެފްކޮންސްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު ނުފެނިގެން ވަނީ ރިޕޯޓްކޮށްފައެވެ. ފުލުހުން ބުނީ އެ މީހާ ނުފެނިގެން ރިޕޯޓްކުރުމުން، ހާދިސާ ހިނގި އިމާރާތާއި އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައިފާސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 އެހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރްއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް އެ އިދާރާއިން ބުނެއެވެ. ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 އެހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހާލުގައި ޖެހުނު މުވައްޒަފުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ. ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ހުޅުމާލޭގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކާއި، ގުޅީފަޅުގައި ހުންނަ ބްލޮކެއްގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެޗްޑީސީއާ ގުޅިގެން އެތަނުން އިތުރު ސަރަހައްދަކުން އެކޮމޮޑޭޝަނަށް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެކޮމޮޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދައިހުލިވެފައެވެ. މި ހާދިސާއާ ގުޅިގެން 13 މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި، 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މި އެކޮމޮޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެފްކޮންސްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު