Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާ

ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން އިތުރު ކަށިތަކެއް ފެނިއްޖެ

މީގެ ކުރިން ވެސް ކަށިތަކެއް ވަނީ ފެނިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 02:31
ގުޅީފަޅު އަލިފާން

ގުޅީފަޅު އަލިފާން

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުން އަނެއްކާވެސް އިތުރު ކަށިތަކެއް ފެނިއްޖެއެވެ.

ފުލުުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކަށިތައް ފެނިފައިވަނީ ހޯމަ ދުވަހު އެތަން ސާފުކުރުމުގެ ތެރޭގައެވެ. ފެނުނު ކަށިތަކަކީ، އެތަނުން ގެއްލުނު މީހާގެ ކަށިތަކެއްކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފަޅުގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގީ، ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ މުވައްޒަފުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި އެކޮމޮޑޭޝަން ބްލޮކްގައި 457 މީހުން ދިރިއުޅެމުން އައި ކަމަށް އެފްކޮންސް އިން ބުނެފައިވެއެވެ.

އަލިފާނުގެ ޙާދިސާގައި އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅުނު ގިނަ ބަޔަކަށް އެކި ކަހަލަ އަނިޔާތައް ލިބިގެން ފަރުވާ ދީފައިވެއެވެ. އެގޮތުން ހޮސްޕިޓަލަށް ގެންދިޔަ 78 މީހުންގެ ތެރެއިން، 32 މީހުން އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ. އަދި 4 މީހެއް އޮޕަރޭޝަން ކޮށްފައިވެއެވެ.

މި ހާދިސާގައި މީހަކު ގެއްލިގެން އުޅޭކަން އެނގިފައިވަނީ، ހެޑް ކައުންޓާއި ސައިޓުގައި މަސައްކަތް ކުރާ އެހެން މީހުން ދިން މައުލޫމާތުންނެވެ. އެހެންކަމުން އެ ސައިޓު އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްކަމަށް ބެލެވޭ ބައިތަކެއް ފުރަތަމަ ފެނިފައިވަނީ އާދިއްތަ ދުވަހުއެވެ.

އެފްކޮންސްއިން ބުނީ ފެނުނު ހަށިގަނޑުގެ ބައިތަކަކީ ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއްކަން ކަށަވަރުވާނީ ޑީއެންއޭ ޓެސްޓަށް ފަހުގައިކަަމަށެވެ. އަދި އެ ޓެސްޓްތައް ހަދަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެފްކޮންސްއިން ބުނީ، ގެއްލުނު މީހާގެ އާއިލާއަށް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިކަމާއި ގުޅިގެން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވެސް އާއިލާއަށް ދެމުންދާކަމަށެވެ.

އެފްކޮންސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު