Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްކޮންސް ކުންފުނި

އެއްވެސް މުވައްޒަފަކަށް މުސާރަ ނުދީ ނޯންނާނެ: އެފްކޮންސް

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިނަ ތުހުމަތުތަކެއް ވަނީ އެފްކޮންސްއަށް އަމާޒުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 02:06
ބްރިޖް މަސައްކަތް ހިނގާގޮތް ބަލާ ޖޮއިންޓް ކޮމިޓީ

ބްރިޖް މަސައްކަތް ހިނގާގޮތް ބަލާ ޖޮއިންޓް ކޮމިޓީ

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަމުންދާ އެފްކޮންސްގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެކުންފުނިން ރައްދު ދީފިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަމުންދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅިފަޅުގައި ތިބި އެކޮމޮޑޭޝަން ބްލޮކެއްގައި މިމަހުގެ 15 ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގުމުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުންދިޔައެވެ. މިގޮތުން އެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އެމީހުން އަލިފާން ރޯކޮށްލީކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދިޔައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އެފްކޮންސްއިން ބުނީ އެއްވެސް މުވައްޒަފަކަށް މުސާރަ ދޭން ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށް ވެސް ބަރާބަރަށް، ދޭންވާ ތާރީޚުގައި މުސާރަ ދެމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި، މިފަދަ ކަންކަމަކީ ސީރިއަސް ކަމާއެކު ބަލާނެ ކަންކަން ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، މި ހާދިސާއަށްފަހު އެކުންފުނީގެ މުވައްޒަފަކު ގެއްލިގެން މިހާރު ދަނީ ހޯދަމުންނެވެ. އެމީހާ ގެއްލިގެން ރިޕޯޓުކުރުމުން ފުލުހުން ގެންދަނީ ހާދިސާ ހިނގި އިމާރާތާއި އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރަމުންނެވެ.  

މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މި ހާދިސާގައި އެކޮމޮޑޭޝަން ބްލޮކް އެއްކޮށް އަނދައި ހުލިވެފައިވާއިރު އެފްކޮންސްގެ 60 މުވައްޒަފަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެފްކޮންސްތިލަމާލެ ބްރިޖް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
01 އޮކްޓޯބަރު 2024

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
20 މާރިޗު 2024

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ
15 ޖެނުއަރީ 2024

އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު

15 ޖެނުއަރީ 2024
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު