Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންނާއި ކައުންސިލުތައް

ކައުންސިލްތަކުން ދިވެހި ފުލުހުންގެ އެހީތެރިކަން ހޯދުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ޙާލަތްތައްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޑިސެމްބަރު 2022 | ހޮނިހިރު 08:11
ފުލުހުން- ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ޙާލަތްތައްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައި

ފުލުހުން- ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ޙާލަތްތައްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައި

ކައުންސިލްތަކުން ދިވެހި ފުލުހުންގެ އެހީތެރިކަން ހޯދުމާބެހޭ ޤަވާއިދު ގެޒެޓުކޮށް، އެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މިއީ، ލޯކަލް ކައުންސިލްތަކުން އެކުލަވައިލައި ގެޒެޓް ކޮށްފައިވާ މުނިސިޕަލް ގަވާއިދުތައް ތަންފީޛު ކުރުމުގެ ބޭނުމަށް، ކައުންސިލްތަކުން ދިވެހި ފުލުހުންގެ އެހީތެރިކަން ހޯދުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ މަގުސަދަކީ، ކައުންސިލްތަކުން އެކުލަވައިލާ މުނިސިޕަލް ގަވާއިދުތައް ތަންފީޛު ކުރުމުގައި، އެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރަންޖެހޭ ފަރާތްތަކުން އެ ގަވާއިދުތަކަށް ޢަމަލުކުރަން އިޢުތިރާޟުކުރާ ހާލަތުގައި ކައުންސިލުތަކުން ފުލުހުންގެ އެހީތެރިކަމަށް އެދުމާއި، އެފަދައިން އެދޭ ހާލަތްތަކުގައި ފުލުހުން އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

އެގޮތުގެ މަތިން މި ގަވާއިދުގެ ދަށުން ކައުންސިލަކުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި، ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުލުހުން އެކަމަށް އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ މުއްދަތުގައި އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އެހީތެރިކަމަށް އެދުނު ކައުންސިލަކަށް އެކަން އަންގަން ޖެހެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި މި ޤަވާއިދުގެ ދަށުން ކައުންސިލުން އެހީއަށް އެދޭ ކަންކަމުގައި ކޯޓުއަމުރެއް ހޯދަން ޖެހިއްޖެނަމަ، އެ އަމުރެއް ހޯދުމުގެ އެންމެހައި ކަމެއް ކުރަންވާނީ ،އެ ކައުންސިލަކުންނެވެ.

މީގެ އިތުރުން، ކައުންސިލްތަކަށް ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ޙާލަތްތައްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކައުންސިލަކުން އެކުލަވައިލައިފައިވާ ރަށްވެހިކަމުގެ ގަވާއިދަކާ ޚިލާފުވެގެން ކައުންސިލު އިދާރާއަށް ހާޒިރުވުމަށް އަންގާ އެންގުމަށް އިޖާބަނުދޭ ފަރާތްތައް ކައުންސިލު އިދާރާއަށް ހާޒިރުކުރުވުމަށް ފުލުހުން އެހީތެރިވާން ޖެހެއެވެ.

އަދި ޖިނާއީ ކުށެއް އެކުލެވިގެން ނުވާ، އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުކަމެއް، ނުވަތަ ތިމާވެށްޓާ ގުޅޭ ކަމެއް، ނުވަތަ މަސްވެރިކަމާއި، ދަނޑުވެރިކަމާ ނުވަތަ ފަތުރުވެރިކަން ފަދަ ކަމަކާ ގުޅޭ ކަމެއް ކައުންސިލުގެ ފަރާތުން ތަންފީޛު ކުރަން މަސައްކަތްކޮށް، ފުލުހުންގެ އެހީތެރިކަމާއެކު ނޫނީ ތަންފީޛު ނުކުރެވޭ ކަމެއް ނަމަ، ފުލުހުންގެ ޚިދުމަތް ބޭނުންކޮށްގެން މައްސަލަ ޙައްލުކުރަން އެދެވިދާނެއެވެ.

ހަމައެއާއެކު، ކައުންސިލުން ތަންފީޛު ކުރަން ކުރާ ކަމަކަށް އެއްވެސް ފަރާތަކުން ހުރަސްއަޅާ ނަމަ، އެ ކަމަކަށް އެ ހުރަސްއަޅާ ފަރާތަކާ ނުވަތަ ފަރާތްތަކާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް ފުލުހުންގެ ކިބައިން އެދެވިދާނެއެވެ.

އޭގެ އިތުރުން، ކައުންސިލުން އެކުލަވައިލާ މުނިސިޕަލް ގަވާދުތަކާ ގުޅިގެން ކައުންސިލުގެ ނިންމުމެއް ނުވަތަ ޤަރާރެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ޙުކުމެއް ތަންފީޛު ކުރުމަށް ފުލުހުންގެ ޚިދުމަތަށް އެދެވިދާނެކަމަށް ޤަވާއިދުގައި ބުނެއެވެ.

ކައުންސިލްތަކުން ފުލުހުންގެ އެހީތެރިކަމަށް އެދެންވާނީ، ރަށު ފެންވަރުގައި ޙައްލުކުރަން މަސައްކަތްކޮށް، ފުލުހުންގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަންކަމުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކައުންސިލް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް
21 އޮކްޓޯބަރު 2025

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

21 އޮކްޓޯބަރު 2025
އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
18 ސެޕްޓެމްބަރު 2025

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

18 ސެޕްޓެމްބަރު 2025
މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު