Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު އާންމުވުން

ރިޝްވަތު އާންމުވެ އިންސާފު ގެއްލި، ހައްގުތަކުން މަހުރޫމުވެއްޖެ: ޚުތުބާ

16 ޑިސެމްބަރު 2022 | ހުކުރު 08:06

މިއީ ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ވަބާތަކުގެ ތެރެއިން ފިލުވާލަން އުނދަގޫ ވަބާއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޑިސެމްބަރު 2022 | ހުކުރު 08:06
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ރިޝަވަތާއި ކޮރަޕްޝަން އާންމުވެ، އަދުލު އިންސާފު ގެއްލި، އެތައް ބަޔަކު ހައްގުތަކުން މަހުރޫމުވެ އެތައް ބަޔަކަށް ނުލިބެންވާ އެއްޗެހި ލިބެމުންދާކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ރިޝަވަތަކީ ބޮޑުވެގެންވާ ފާފައެއް" މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ވަނީ ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެތައް ގޮތަކުން ރިޝަވަތުގެ އަމަލުތައް ހިންގޭއިރު، ބައެއް މީހުން މި އަމަލުތައް ހިންގަނީ ސިއްރިއްޔާތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަނެއް ބަޔަކު ފުޅާ ދާއިރާއެއްގައި ފާޅުކަން ބޮޑުގޮތެއްގައި މިކަން ކުރަމުންދާކަމަށާއި، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރު ރިޝްވަތާއި ކޮރަޕްޝަނަކީ މުޅި ދުނިޔޭގައިވެސް އާންމުވެފައިވާ ދެކަންތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަހަރުމެންގެ މި ކުޑަކުޑަ މުޖުތަމައުވެސް މި ނުރައްކާތެރި ވަބާގައި ޖެހިފައިވާކަމަށާއި، މިއަދު މިފަދަ އަމަލުތައް ގިނަވެ މިއީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ގާނޫނުތަކާ ގަވާއިދުތަކާ ދިމާ އިދިކޮޅަށް ތިމާ ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި ރިޝްވަތާއި ކޮރަޕްޝަން ހިންގާ ކަމުގެ ވާހަކަ ދެއްކުމަކީ މިހާރު ބޮޑު ކަމެއް ނޫން ކަމަށެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ މުސްތަގުބަލާ އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމާއި ތަރައްގީ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ރިޝްވަތުގެ ތެރެއިން ލިިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި، ހަލާކު މާ ބޮޑުކަން ވިސްނާލަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މިކަމުން ރައްކާތެރިވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް