Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންޔާ އޭސީސީ އަށް ހާޒިރުކުރުން

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލައެއްގައި ދުންޔާ އޭސީސީއަށް ހާޒިރުކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 07:41
ދުންޔާ މައުމޫން

ދުންޔާ މައުމޫން

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލައެއްގައި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުކޮށްފިއެވެ.

އޭސީސީ އަށް ދުންޔާ ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 11 ޖެހިއިރެވެ. އޭނާ އޭސީސީ އަށް ހާޒިރުކުރުމަކީ ފުރައްސާރަކުރުން ކަމަށް ސިފަކުރައްވާ އޭނާ ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ޓްވިޓަރގައި ހިއްސާކުރެއްވި މެސެޖެއްގައި ދުންޔާ ވަނީ އޭނާ އޭސީސީ އަށް ހާޒިރުކުރަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމަށް ވެސް ވިދާޅުވެފައެވެ. ދުންޔާ ވިދާޅުވީ އޭނާ ދައުލަތުގެ އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ދުންޔާ އޭސީސީ އަށް ހާޒިރުކޮށްފައިވާއިރު މީގެ ކުރިންވެސް އެމްއެމްޕީއާރުސީއާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގަށް ދުންޔާ އޭސީސީ އަށް ހާޒިރުކުރަން އެންގިއެވެ. އޭރު ދުންޔާގެ ފަރާތުން އޭސީސީ އަށް ހާޒިރުވީ އޭނާގެ ޤާނޫނީ ވަކީލެވެ. ދުންޔާ އޭސީސީ އަށް ހާޒިރުކުރުމާ މެދު މައުލޫމާތު ސާފުކުރުމަށް ގުޅުމުން އޭސީސީ އިން ވަނީ މައްސަލަތަކުގައި މައުލޫމާތު ސާފުކުރަން ހާޒިރުކުރާ ފަރާތްތަކުގެ ތަފްސީލު އާއްމުނުކުރަން މިހާރު އެ ކޮމިޝަނުން ނިންމާފައިވާ ކަަމަށް ބުނެފައެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އޭސީސީ މެދުވެރިކޮށް ވަނީ ލިބޭގޮތް ނުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން މިހާތަނަށް އިދާރާތަކުން ހާމަކުރި ރިޕޯޓްތަކާއި ތަހުގީގުތަކުން އެނގެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައިކަމަށް ވުމުން އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއްކަމަށް ރާއްޖޭގެ އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން މަޖިލީހުގެ ކޮމިޓީން އާންމު ކޮށްފައިވާ ލިސްޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ 6 މެންބަރުންގެ ނަން ވަނީ ހިމެނިފައެވެ. އޭގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ 4 މެންބަރުންގެ ނަން ހިމެނިފައިވެއެވެ. އަދި ޕީއެންސީއާއި އެމްޑީއޭގެ އެއް މެންބަރުގެ ނަމާއި ޖޭޕީއާއި މިނިވަން ދެ މެންބަރުގެ ނަން ލިސްޓުގައި ހިމެނެއެވެ.

އެމްއެމްޕީއާރްސީއެމްއެމްޕީއާރްސީ ޚިޔާނާތްއެންޓި ކޮރަޕްޝަން ކޮމިޝަންދުންޔާ މައުމޫން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު