Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ދަތިހާލުގައިވާ މުއުމިނަކަށް އެހީތެރިކަން ފޯރުކޮށްދީފި މީހާއަށް އިންތިހާ ދަރުމަވޭ: ޚުތުބާ

9 ޑިސެމްބަރު 2022 | ހުކުރު 08:06

އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވުމަށް ދީނުގައި ގޮވާލާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޑިސެމްބަރު 2022 | ހުކުރު 08:06
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

މުއުމިނަކަށް ދަތިހާލެއް ޖެހިފައިވަނިކޮށް އެކަމަކުން އެމީހަކު ދުރުކޮށް ސަލާމަތްކުރުމަށް މަސައްކަތްކޮށްދީ، އެހީތެރިވެއްޖެ މީހަކަށް ހުރި ދަރުމަ ބޮޑުކަމަށް ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމްދީނަކީ އެކުވެރިކަމުގެ ދީން" މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި މި ދީނަކީ އެއްބައިވަންތަކަށް ގޮވާލާދީންކަން ވަނީ ފާހަގަކޮށްފައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އޯގާވެ، ދަތި އުނދަގޫ ކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ އެކަކު އަނެކަކަށް އެހީތެރިވުމަށް މި ދީނުގައި ގޮވާލާ ކަމަށެވެ. މި ދީނުގައި އެކަކު އަނެކެއްގެ ހައްގުތަކަށް ރައްކާތެރިވުމަށް އަމުރުކުރާކަމަށާއި، އެކަކު އަނެކެއްގެ މުދަލާއި، އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ދޭދޭ ގުޅުންތައް ބަދަހިކުރަން މި ދީނުގައި އަމުކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުއުމިނަކަށް ދަތިހާލެއް ޖެހިފައި ވަނިކޮށް އެކަމަކުން އެމީހަކު ދުރުކޮށް ސަލާމަތްކޮށްދީ އެހީތެރިވެއްޖެ މީހަކަށް ހުރި ދަރުމައިގެ ބޮޑުކަން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާކަމަށެވެ.

އިސްލާމީ އަހުވަންތަކަމަކީ ވަރަށް މަތިވެރި މާތް ލަނޑުދަނޑިތަކެއް ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ހެޔޮ ކަންކަމުގައި ވާގިވެރިވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފާފަކުރުމާއި، ނުބައި ކަންކަމުން އެއްކިބާވެ އިސްލާހުކުރުމަށް ބާރުއެޅުން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމީ އުޚުއްވަތްތެރިކަމާއި، އެކުވެރިކަމަކީ އޭގެ ސަބަބުން ތިމާ ބޭނުންޖެހިފައިވާ ހާލުގައިވެސް ތިމާގެ އަޚުންނާއި، އެކުވެރިންނަށް އިސްކަންދޭން ދަސްކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ތިމާގެ އެކުވެރި މުސްލިމު އަޚުންނަށްޓަކައި ހެޔޮ ދުއާކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށާއި، އޭގެ ފައިދާ ޚުދު ތިމާއަށްވެސް ލިބޭނެ ކަމަށް ލޮބުވެރި ނަބިއްޔާ ވަނީ އަންގަވާފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް