Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރެސްމާތޮޑާ ބާޚިރާ ދޯނި

ފަރެސްމާތޮޑާގެ ބާޚިރާ ދޯނިން ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް

ބާޚިރާ ދޯނިން 996,034ރ ގެ އާމްދަނީއެއް ހޯދާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:45
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

ގދ ފަރެސްމަތޮޑާ ބާޚިރާ ދޯނިން ގިނަ އަދަދެއްގެ މަސް ބާނައި ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް ޤާއިމުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނީ، ގދ. ފަރެސްމާތޮޑާ އިން މަހަށް ނުކުތް ބާޚިރާ ދޯނިން 58.6 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް ހަދާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މަސްކިރުވައި ބާޚިރާ ދޯނިން 996,034ރ ގެ އާމްދަނީއެއް ހޯދާފައިވާކަން ފާހަގަކޮށް މިފްކޯއިން ވަނީ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ ކިޔާފައެވެ.

ބާޚިރާ ދޯންޏަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ. އެގޮތުން މީގެ ކުރިންވެސް އެ ދޯނިން 47 ޓަނުގެ މަސް ކިރާފައިވާ ފަހަރެއްގައި ދޯނީގެ ކެޔޮޅު ވަނީ ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވާފައެވެ. އެގޮތުން ރާއްޖެއެމްވީއަށް ދިން އިންޓަވިއުގައި ކެޔޮޅު ބުނީ، ދޯނިން މަސްވެރިކަން ކުރާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ފަރެސްމާތޮޑާގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންގެ ތެރެއިން ޒުވާނުންގެ ނިސްބަތް ގިނަކަން ފާހަގަކޮށް ކެޔޮޅު ބުނީ، ބައެއް ކަހަލަ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2020

ފަރެސްމާތޮޑާ ބާޚިރާ ދޯނި- ކަޅުބިލަމަހާއި ކަންނެލިން ބަރާވެފައި!

28 ސެޕްޓެމްބަރު 2020
ފަރެސްމާތޮޑާ ބާޚިރާ ދޯނި- ކަޅުބިލަމަހާއި ކަންނެލިން ބަރާވެފައި!
20 ސެޕްޓެމްބަރު 2020

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި

20 ސެޕްޓެމްބަރު 2020
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފި
10 އޯގަސްޓު 2020

ވިންދު ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

10 އޯގަސްޓު 2020
ވިންދު ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
09 ޖެނުއަރީ 2020

ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގަ، އެޞަރަޙައްދުން ބައެއް ތަކެތި ހޯދައިފި

09 ޖެނުއަރީ 2020
ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގަ، އެޞަރަޙައްދުން ބައެއް ތަކެތި ހޯދައިފި
25 އޮކްޓޯބަރު 2019

ޖުޒާމް ބައްޔެއް މިރަށަކު ނެތް، އިއުލާނެއް ނުކުރަން: ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒު

25 އޮކްޓޯބަރު 2019
ޖުޒާމް ބައްޔެއް މިރަށަކު ނެތް، އިއުލާނެއް ނުކުރަން: ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު